މަސްޖިދު ސުންނަތްކުރަން އޮތީ މިސްކިތުގަ! ގޭގަވެސް ބޭނުންވަރަކަށް ސުންނަތް ނަމާދު ކުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
މަސްޖިދު ސުންނަތްކުރަން އޮތީ މިސްކިތުގަ! ގޭގަވެސް ބޭނުންވަރަކަށް ސުންނަތް ނަމާދު ކުރެވޭނެ!

މަސްޖިދު ސުންނަތް: 

މަސްޖިދު ސުންނަތަކީ މިސްކިތަށް ޚާއްޞަވެގެންވާ ސުންނަތެކެވެ. އަންހެނަކުވިޔަސް ފިރިހެނަކުވިޔަސް މިސްކިތަށް ވަންނަ ކަމުގައިވަނީ ނަމަ އިށީނުމުގެ ކުރިން ދެ ރަކްޢަތް ކުރުމަށް މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންގަވާފައިވެއެވެ. 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.  

( إِذَا دَخَلَ أَحَدُكُمْ الْمَسْجِدَ فَلَا يَجْلِسْ حَتَّى يُصَلِّيَ رَكْعَتَيْنِ ) {رواه البخاري (1167) ومسلم (714)} .

 މާނައީ: "ތިޔަބައިމީހުން ކުރެ މީހަކު މިސްކިތަށް ވަދެއްޖެނަމަ، އިށީނުމުގެ ކުރިން ދެރަކްޢަތް ކުރާހުށިކަމެވެ." 

ފިރިހެނުންނަށް އަމުރުކުރައްވާފައި ވަނީ ފަރުޟުނަމާދުތައް މިސްކިތުގައި އަދާ ކުރުމަށެވެ. އެބައިމީހުންނަށް އެންމެ ޘަވާބު ބޮޑު ގޮތަކީ އެއީއެވެ. އަދި އަންހެނުންނަށް އެންމެ ޘަވާބު ބޮޑު ގޮތަކީ ގޭގައި ނަމާދުކުރުމެވެ. ގޭގައި އެކަނބަލުން ނަމާދު ކުރާއިރު މަސްޖިދު ސުންނަތް ކުރާކަށް ނުޖެހޭނެއެވެ. އެހެނީ ގެއަކީ މިސްކިތެއް ނޫނެވެ. އަދި މިސްކިތުގެ ޙުކުމް ހިނގާތަނެއްވެސް ނޫނެވެ. އެހެންކަމުން ގޭގައި ނަމާދު ކުރާ މީހާ، ކިތަންމެ ފަހަރަކު ގޭގައި ފަރުޟު ނަމާދު އަދި ސުންނަތް ނަމާދު ކުރިކަމުގައިވިޔަސް، ނަމާދުކުރަން އަރާ ކޮންމެ ފަހަރަކު، މަސްޖިދު ސުންނަތުގެ ދެ ރަކްޢަތް ކުރާކަށް ނުޖެހޭނެއެވެ.

ބައްލަވާ

حكمُ صلاة تحيَّة المسجد للمرأة ( فتاوى الدروس ) للشيخ عبدالرحمن البراك 

- ޝައިޚް މުޙައްމަދު ޝާފިޢު  

އަންހެނަކު ގޭގައި ނަމާދުކުރާއިއރުވެސް ވަޤުތުލައި ކުރިއަށް ތައްޔާރުވެގެން ބޭނުންވަރަކަށް ބޭނުންވަރަކަށް ސުންނަތް ނަމާދުތައް ކުރެވިދާނެއެވެ. 2 ރަކްޢަތުން 2 ރަކްއަތުން ހަަމކުރަންވީއެވެ. އަދި ނަމާދަށްފަހުގައިވެސް ކުރަންވީއެވެ. އެންމެ ބޮޑަށް ސަމާލުކަންދޭންވީ ރަވާތިބް ސުންނަތްކުރުމަށެވެ.

 

މިއަދު އޮންލައިން