ކިތަންމެ ބޮޑު ބިލިއަނަރަކަށްވެވުނަސް އަދި ކިތަންމެ ގިނަ ނިޢުމަތްތަކެއް ލިބުނަސް ހިތްހަމަޖެހުން ނުލިބޭ އެންމެ ބޮޑު ސަބަބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ކިތަންމެ ބޮޑު ބިލިއަނަރަކަށްވެވުނަސް އަދި ކިތަންމެ ގިނަ ނިޢުމަތްތަކެއް ލިބުނަސް ހިތްހަމަޖެހުން ނުލިބޭ އެންމެ ބޮޑު ސަބަބު!


ކުރީގެ ދަރުސެއްގައި ދިރޭ ޤަބުރުގެ ވާހަކަދެއްކީމެވެ. އެއީ މަޖުބޫރުވެގެން އެމީހަކު ހިތް ނުއެދޭ މީހުންނާއިއެކުގައި އުޅެންޖެހުން ކަމަށްވެސް ބުނީމެވެ. މިރޭ ބުނެދޭން މިއުޅެނީ އެއަށްވުރެވެސް މާނުރައްކައުތެރިކަން ބޮޑުކަމެއްގެ ވާހަކައެވެ. މަރުވެފަ ތިބެގެން ދުނިޔޭގަ އުޅޭ މީހުންގެ ވާހަކައެވެ.

މަރުވެފަ ތިބެގެން ބައަކު ދުނިޔޭގައި އެބަ ދިރިއުޅޭކަމަށް ބުނުމުން ގިނަ ބައަކު ޙައިރާންވާނެއެވެ! އަދި އެއީ ކިހިނަކުން ވެދާނެ ކަމެއް ކަމާއިމެދު ސުވާލުވެސް އުފައްދުވާނެއެވެ. ވީމާ ރަނގަޅަށް އަޑުއަހާށެވެ.   

ޤަބޫލުކުރެވުނު ނަމަވެސް ނުކުރެވުނު ނަމަވެސް ދުނިޔޭގައި ދިރިތިބި ނަމަވެސް މަރުވެފައި ތިބި މީހުން މިދަނީ ގިނަވަމުންނެވެ! ހިތާމައަކީ އެމީހުންނަށް އެމީހުންތިބި ޙާލަތު ނުވެސް އެނގޭކަމެވެ. ސިކުނޑިއަށް ޖެހިފައިވާ ބަލި ބޮޑުކަމުންނެވެ. ސިކުނޑިން ބޮޑު ބައެއް އުނިވެފައިވާތީއެވެ.  

ދިރިހުރި ނަމަވެސް މަރުވެފައިވާ މީހުންނަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އެއީ ބަނގުރަލާއި އެ ނޫންވެސް މަސްތުވާ ތަކެތި ބޭނުންކުރާމީހުންނެވެ! އެފަދަ މީހަކަށް ކިތަންމެ ގިނަ އަނބިންނާއި ކިތަންމެ ބޮޑު ތަނަވަސްކަމަކާއި އަދި ކިތަންމެ މަތީ މަޤާމެއް ލިބިފައިވީނަމަވެސް އެއިން އެއްވެސް ކަމަކުން އެއްވެސް އުފާވެރިކަމެއް ނުލިބޭނެއެވެ.  

އެކަން އެހެން އެވަނީ އެފަދަ ކަންކަންކުރުމުން އެމީހުންނާއި ﷲ ތައާލާ އާއި ދެމެދު އޮންނަންޖެހޭ ގުޅުންތައް ކެނޑިގެންދާތީއެވެ. ﷲ ތަޢަލާ އާއި ގުޅުން ނެތް މީހަކަށް ލިބޭނެ އެއްވެސް ޙަޤީޤީ އުފާވެރިކަމެއް ނެތެވެ. ދުނިޔޭގެ އެންމެ ބޮޑެތި ބިލިއަނަރުން އޯވަރޑޯޒްވެ މަރުވަމުން އެދަނީ އެމީހުންނަކީ ކިތަންމެ ބޮޑެތި މުއްސަނދިން ކަމުގައިވީނަމަވެސް އެމީހުންގެ ދިރިއުޅުމުގައި އެއްވެސް އުފާވެރިކަމެއް ނެތުމުންނެވެ. އެއްވެސް އުފާވެރިކަމެއް ހުރިނަމަ އުފާވެރިކަން ހޯދަން ތިމާގެ ޞިއްހަތަށް ގެއްލުން ލިބޭ، ފުރާނައަށް ނުރައްކާ ކުރާ އެއްވެސް ކަމެއް ކުރާކަށް ނުޖެހޭނެއެވެ. އެބާވަތުގެ އެއްވެސް އެއްޗެއް ބޭނުނަކުރާކަށް ނުޖެހޭނެއެވެ.

ދުނިޔޭގެ އެންމެ މަޖާ މީހުން ކަމަށް ހެދިގެން ދުނިޔޭގެ އެންމެން  ހެއްވަމުން ދިއަ އެތައް ބައަކު އޯވަރޑޯޒްވުމުގެ ސަބަބުން އެދަނީ މަރުވަމުންނެވެ! އެކަމުން ވެސް އެނގެނީ އޭނާއަކީ ކިތަންމެ އުފާވެރި މީހެއްގެ ގޮތުގައި އޭނާގެ މޫނު ދުނިޔެއަށް ދެއްކި ނަމަވެސް އޭނާގެ ހަޔާތުގައި އެއްވެސް އުފާވެރިކަމެއް ނެތްކަމެވެ. އޯވަރޑޯޒްވެގެން މަރުވާ ބިލިއަނަރުންނާއި އަދި ބަނގުރަލާއި އެނޫންވެސް މަސްތުވާތަކެތި ބޭނުން ކުރާ އެންމެންގެ ކިބައިންވެސް އެނގެނީ އެމީހުންގެ މޫނުމަތިން ކިތަންމެ ބޮޑު އުފާވެރިކަމެއް ދެއްކި ނަމަވެސް ހަޤީޤަތުގައި އެމީހުންނަކީ ދިރި ތިބި ނަމަވެސް މަރުވެފައިވާ ބައެއް ކަމެވެ.  

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން