ޙަސަވެރިވުމެއް ނުހުއްޓުވޭނެ! އެކަމަކު ޙަސަދަވެރިންގެ ޙަމަލާތަކުން ސަލާމަތްވެވިގެން ހުރެވޭނެ ގޮތް އެބައޮތް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ޙަސަވެރިވުމެއް ނުހުއްޓުވޭނެ! އެކަމަކު
ޙަސަދަވެރިންގެ ޙަމަލާތަކުން ސަލާމަތްވެވިގެން ހުރެވޭނެ ގޮތް އެބައޮތް! އިން ޝާ ﷲ

 އަހަރެމެންގެތެރެއިން ވަރަށް ގިނަ ބައަކު އެމީހުންނާއި

ޙަސަދަވެރިވެގެން އުޅޭމީހުންދެކެ ބިރުގަނެއެވެ. އެމީހުން ދީފާނެ ގެއްލުމަކަށްޓަކާ އަބަދުވެސް ތިބެނީ ގައިން ހީބިހި ނަގާ ޙާލުގައެވެ. އަހަރެމެންނަށް އޮތީ ހަސަދަވެރިން ދެކެ ބިރުގަތުމެއް ނޫނެވެ. ޙަސަދަވެރިންގެ ބާރު ކަނޑުވާލުމެވެ. އެކަން ކުރެވޭނެ މަގުވެސް އޮތީ ފެންނާށެވެ!  

އެކަމަށް ކުރަން އޮތްކަމަކީ ﷲ ތަޢާލާ އާއިދެމެދު އޮންނަންޖެހޭ ގުޅުން ބަދަހިކުރުމެވެ. އެކަލާނގެ ޙިމާޔަތާއި ރައްކައުތެރިކަމުގައި ތިބުމެވެ. ﷲ ތަޢާލާގެ ރައްކައުތެރިކަން ލިބިގެން ތިބޭނަމަ ހަސަދަވެރިންނަށް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. ދެވޭނެ ގެއްލުމެއްވެސް ނުއޮންނާނެއެވެ.  

ތިމާއާއި ﷲ ތަޢާލާ އާއި ދެމެދުގައި ބާއްވަން ޖެހޭ ގުޅުން ނުބާއްވައި އުޅުމަކީ ވަރަށް ބޮޑެތި ގެއްލުންތައް މިދުނިޔޭގައިވެސް ލިބިގެންދާ ކަމަކެވެ. މުއްސަނދިން ފަޤީރުވެއެވެ. ލިބިފައިވާ މަތީ މަޤާމުތައް ގެއްލިގެން ދެއެވެ. ނުހަނު ބުރަ މަސައްކަތުން އެތައް ޚަރަދެއްކޮށްގެން ހޯދި އަނބިމީހާ އާއި ދަރިންކޮޅުވެސް ގެއްލިގެންދެއެވެ. މީހުން ތެރޭގައި އަބުރު ގެއްލި ފަޟީޙަތްވެގެންވެސް ދެއެވެ.  

ﷲ ތަޢާލާ އާއި ބާއްވަން ޖެހޭ ގުޅުން ނުބާއްވައި އުޅޭނަމަ ހަސަދަވެރިން އަހަރެމެންގެ މައްޗަށް ވަރަށް ފަސޭހައިން ވެރިވެގަންނާނެއެވެ. އަހަރެމެންގެ ޙައްޤުތައް ޖަހައިގަނެގެން ގެންދާނެއެވެ. އިސްލާމީ އުންމަތް މިއަދު ނިކަމެތިވަމުންދާ އެންމެ ބޮޑު ސަބަބަކީވެސް ހަމަ އެއީއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން