ކައިވެނި ކާމިޔާބުކޮށް އުފާވެރި ދިރިއުޅުމަކަށް މަގުފަހިވާނީ އެހެން ހުރިހާ ކަމެއްގެ ކުރިއަށް ދެމަފިރިން އެކުގަ ސުވަރުގެ ވަނުމުގެ ޢަޒުމް އިސްކޮށްގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ކައިވެނި ކާމިޔާބުކޮށް އުފާވެރި ދިރިއުޅުމަކަށް
މަގުފަހިވާނީ އެހެން ހުރިހާ ކަމެއްގެ ކުރިއަށް ދެމަފިރިން އެކުގަ ސުވަރުގެ
ވަނުމުގެ ޢަޒުމް އިސްކޮށްގެން!

މިހާރަކަށް އައިސް ކައިވެނިކުރާއިރު ގިނައިން

ބެލިފައި އޮންނަނީ ކައިވެނިކުރުމުން ފިރިމީހާގެ ކިބައިން ލިބޭނެ ދުނިޔަވީ މަންފާތަކަށެވެ. ފައިސާ އާއި ގެދޮރާއި ދުއްވާނެ އަގުބޮޑުކާރާއި އަގުބޮޑު ގަހަނާ ފަދަ ކަންކަމަށެވެ. އަނބިމީހާގެ ކިބައިން ބޭނުންވެފައި އޮންނަނީ ހިތްއުފާކުރުމެވެ.

ނަމަވެސް ޙަޤީޤަތަށް ބަލައިފިނަމަ މިބާވަތުގެ ދުނިޔަވީ ބޭނުންތަކުން ކުރާނެ މަންފާއެއް ނެތެވެ. ޒަވާޖީ ޙަޔާތް ކާމިޔާބުކުރަން އެދޭނަމަ ކައިވެނީގެ އެންމެ މުހިންމު ޝަރުޠަކީ ތިމާގެ އަތުގަހިފައިގެން ސުވަރުގެވަނުން ކަމުގައި ކަނޑައަޅާށެވެ!

ކޮންމެ މީހަކަށްވެސް ދުނިޔަވީ ގޮތުންވެސް ބޭނުންވާ އަސާސީ ކަންތައްތަކެއް ހުންނާނެއެވެ. އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ނަމަވެސް އެއަށްވުރެ އިތުރު ނުކުރާށެވެ! ރަސޫލް ﷺ ގެ އަނބިއަނބިކަނބަލުންގެ ގަނޑުވަރުކޮޅުތަކުގެ ބަދިގެކޮޅުތަކުގެ އުނދުންކޮޅުތަކުގައި އަލިފާން ނުލައި ކިހައިގިނަ ދުވަސްތަކެއް ފާއިތުވެގެން ދިއަހެއްޔެވެ؟  

އެކަމުގެ ސަބަބުން އެކަނބަލުންގެ ހިތްޕުޅު ނުތަނަވަސްވެގެނެއް ނުއުޅުއްވަވައެވެ. ކެނޑިނޭޅި މަސައްކަތްޕުޅު ކުރައްވަމުން ގެންދެވީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯއްދެވުމަށެވެ. އާޚިރަތް ކާމިޔާބު ކުރެއްވެވުމަށެވެ. އަހަރެމެންނަށްވެސް އޮތީ ހަމަ އެމަގުން މަސައްކަތްކުރުމެވެ.  

ސުވަރުގެ ވަނުމަށް ދަތުރުފަށަންވީ ދުނިޔޭގައި ތިބެއެވެ. އެދަތުރު ކާމިޔާބުކުރެވޭނީ ދުނިޔޭގައި ތިބެގެން ދަތުރުފެށި ބައަކަށެވެ. ވީމާ ކައިވެނީގެ ފުރަތަމަ ޝަރުޠަކީ އަތުގައި ހިފައިގެން ސުވަރުގެ ވަނުން ކަމުގައި ކަނޑައަޅާށެވެ! ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ކާމިޔާބުލިބުން ވަނީ އެއިރުންނެވެ.  

--މުފްތީ މެންކުގެ ދަރުސަކުން 

ބައެއް

 

https://www.facebook.com/watch?v=336746064626355

6.06

 

މިއަދު އޮންލައިން