ޖަލުތަކުގެ ޙާލަތު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ފެންނަން ފަށައިފި: ޒަރީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ޖަލުތަކުގެ ޙާލަތު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ފެންނަން ފަށައިފި: ޒަރީރު

ޖަލުތަކުގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ މިހާރު ފެންނަން ފަށާފައިވާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ ޖަލުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން އަންނަނީ ހަރުދަނާ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މި މަސައްކަތްތަކުގެ ތެރޭގައި ޖަލުތަކުގެ ޖާގަ އިތުރުކުރުމާއި، އިތުރު އޮފިސަރުން ތަމްރީނުކޮށް ވަޒީފާއަށް ނެރުމުގެ މުހިންމު މަސައްކަތްތައް ހިމެނެއެވެ. ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ފާހަގަކުރެއްވި ގޮތުގައި، އެމަނިކުފާނު މި މަޤާމާ ޙަވާލުވެވަޑައިގަތްއިރު އިޞްލާޙުކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުގެ އިރުޝާދުގެ ދަށުން އެ ކަންކަން މިހާރު އަންނަނީ ތަރުތީބުން ކުރިއަށް ގެންދަމުންނެވެ.

ޖަލުތަކުގެ ނިޒާމު ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ޒަރީރު ވިދާޅުވީ، "އިންސިޓިއުޓް އޮފް ކަރެކްޝަނަލް ސްޓަޑީޒް" މެދުވެރިކޮށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި އެ މުއައްސަސާގެ ފެންވަރު މަތިކޮށްގެން ނޫނީ ރަނގަޅު ނިޒާމެއް ޤާއިމުނުކުރެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޖަލުތަކުގެ ކަންކަން ބެލެހެއްޓުމާއި ޖުމްލަ ނިޒާމު އިޞްލާޙުކުރުމަށްޓަކައި ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ކުރެވުނު މަސައްކަތްތަކުގެ ސަބަބުން، ޖަލުތަކުގެ ކެޕޭސިޓީ އިތުރުކުރެވި، އުންމީދީ ނަތީޖާތަކެއް ޙާޞިލުވަމުންދާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.

މިއަދު އޮންލައިން