މަހަކު 6,000 ރުފިޔާގެ އެލަވަންސެއް ލިބޭ އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
މަހަކު 6,000 ރުފިޔާގެ އެލަވަންސެއް ލިބޭ އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައިފި

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކޮންމެ އަހަރަކު ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިއަހަރަށް ހުޅުވާލައިފިއެވެ. ޒުވާނުންނަށް ވަޒީފާގެ މާހައުލުގެ ހުނަރު ދަސްކޮށްދިނުމަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް މަހަކު 6,000 ރުފިޔާގެ އެލަވަންސެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ޕްރޮގްރާމަކީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއާ ގުޅިގެން އެޗްޑީސީން ކުރިއަށްގެންދާ ހަރަކާތެކެވެ. ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް އެކި ދާއިރާތަކުން ލެވެލް 3ގެ ސަނަދެއް ހާސިލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިއަހަރުގެ ޕްރޮގްރާމްގައި ހިމެނޭ ދާއިރާތައް އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި މިއަހަރުގެ ތަމްރީނުތައް ކުރިއަށްދާނީ މައިގަނޑު ތިން ދާއިރާއަކުންނެވެ. އެއީ:

- ހެލްތު އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން

- ކޮމްޕިއުޓާ ހާޑްވެއާ އެންޑް ނެޓްވޯކިން

- ސާވޭއިން ޓެކްނީޝަން

މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނަށެވެ. އެޗްޑީސީގެ މައިގަނޑު މަޤްސަދަކީ މަސައްކަތުގެ މާހައުލަށް ބޭނުންވާ ޤާބިލު ޒުވާނުން އުފެއްދުމާއި، ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރި ކުރުވުމެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރު އޮންލައިންކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެޗްޑީސީން ބުނި ގޮތުގައި މި ފުރުސަތު މި މަހުގެ ނިޔަލަށް ހުޅުވާލެވިފައިވާނެއެވެ.

މިއަދު އޮންލައިން