ކިތަންމެ ބޮޑު ސަބަބެއް އޮވެގެން ނަމަވެސް ނަމާދުކުރުކުރުމުގަ ސަމާލުކަންދޭނެޖެހޭނެ ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ކިތަންމެ ބޮޑު ސަބަބެއް އޮވެގެން ނަމަވެސް
ނަމާދުކުރުކުރުމުގަ ސަމާލުކަންދޭނެޖެހޭނެ ކަންކަން-

ކުރިމަތިވާ ޙާލަތުތަކާއި ގުޅިގެން، މުހިންމު ކަމެއް

ޖެހިގެން ވަޤުތުނެތްނަމަ ފަރުޟު ނަމާދު ކުރުކުރަން ކުރެވިދާނެ ކަންތައްތަކާއިބެހޭގޮތުން ބައެއް މީހުން ސުވާލުކުރެއެވެ.  

ވަޤުތާއި ޙާލަތަށް ބަލައި ފަރުޟު ނަމާދެއް ކުރުކުރަން ބޭނުންވެއްޖެނަމަ، ކިޔެވުން ސުންނަތްތަކެތި ނުކިޔަވައި ދޫކޮށްލެވިދާނެއެވެ. ނަމަވެސް ކިޔެވުން ވާޖިބު ތަކެތި ނުކިޔައި ދޫކޮށެއް ނުލެވޭނެއެވެ.

މިޘާލަކަށް އެއްވެސް އެއްވެސް ރަކްޢަތެއްގައި އަލްޙަމްދު ނުކިޔަވައި ދޫކޮށެއް ނުލެވޭނެއެވެ. ނަމަވެސް ފުރަތަމަ 2 ރަކްޢަތުގައި ސޫރަތް ނުކިޔައި ދޫކޮށްލެވިދާނެއެވެ. އަދި ކިތަންމެ ސޫރަތެއްވެސް ކިޔެވިދާނެއެވެ. ނަމަވެސް ހަމަ އެންމެ ރަކްޢަތެއްވެސް މަދެއް ނުކުރެވޭނެއެވެ.

ގިނަ ބައަކު އެއްވެ ޖަމާޢަތުގައި ކުރަނީ ފަރުޟު ނަމާދެވެ. ފަރުޟު ނަމާދެއްގެ ރަކްޢަތްތައް މަދުކުރުމަކީ އެއްވެސް ކަމަކާއި ގުޅުވައިގެން ކުރެވޭނެ ކަމެއް ނޫނެވެ. ފަރުޟު ނަމާދެއްގައި ރަކްއަތްތައް މަދުކުރެވޭނެ ހަމައެކަނި ޙާލަތަކީ ހަމައެކަނި ދަތުރުވެރިޔާގެ ނަމާދު ޤަޞްރުކުރާއިރުއެވެ.

--މަޢްލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް  

ގުޅުންހުރި ލިޔުމެއް:

 

https://islamqa.org/hanafi/qibla-hanafi/36063/prayer-while-traveling-qasr-salah-and-its-conditions/

 

 

މިއަދު އޮންލައިން