ދެމަފިރިންގެ މެދުގަ އިތުބާރުގެއްލިއްޖެނަމަ އަލުން އިތުބާރުކުރެވިދާނެތަ؟ އިތުބާރު އުފެއްދޭނެ ގޮތެއް އޮންނާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ދެމަފިރިންގެ މެދުގަ އިތުބާރުގެއްލިއްޖެނަމަ އަލުން އިތުބާރުކުރެވިދާނެތަ؟ އިތުބާރު އުފެއްދޭނެ ގޮތެއް އޮންނާނެތަ؟

ދެމަފިރިންގެ މެދުގަ އިތުބާރުގެއްލިއްޖެނަމަ އަލުން އިތުބާރުކުރެވިދާނެތޯ އާއި އަލުން އިތުބާރު އުފެއްދޭނެ ގޮތަކީ ކޮބައިތޯ ގިނަ ބައަކު ސުވާލުކުރެއެވެ. 

ބުނަންހެއްޔެވެ؟ ބިއްލޫރި ތަށްޓެއް ވެއްޓި ތެޅިއްޖެނަމަ އެތިކޮޅުތައް ހަމަކޮށް ރަނގަޅަށް ތަތްކޮށްފިނަމަ ފެންހަރުލައިފާނެއެވެ. ނަމަވެސް އެރެނދުތައް ފިލުވައެއް ނުލެވޭނެއެވެ. އިތުބާރަށްވެސް ވާނީ ހަމަ މިހެންނެވެ. ކުރެވުނު ކުށަށް މާފަށް އެދުމުން މާފުކޮށްފިނަމަ އެކުގައި އުޅެވިދާނެއެވެ. ނަމަވެސް އެރެނދު ޒަމާންތަކަކަށް އިންނާނެއެވެ. ކުށް އަލުން ތަކުރާރުނުކުރާނަމަ ދުވަސްތަކެއް ފަހުން އިތުބާރުވެސް އުފެދިދާނެއެވެ. އިތުބާރު އަލުން އުފެދުނަސް އެކަން ހިތުން އެކުގައި ފުހެލުމަކީ ފަސޭހައިން ކުރެވޭ ކަމެއް ނޫނެވެ.  

ވީމާ މިކަމަށް ދެމަފިރިންވެސް ސަމާލުކަންދޭންވާނެއެވެ. އިތުބާރު ގެއްލޭނެ އެއްވެސް ކަމެއް ނުކުރާށެވެ. އަނެކާއަށް ސިއްރުކުރެވޭނެ ކަމަށް ބަލައިގެންވެސް ކަންކަން ނުކުރާށެވެ. ކޮންމެވެސް ދުވަހަކުން އޮންނާނީ ބޭޒާރުވެފައެވެ. ބޭޒާރުކޮށްލުވާނީވެސް އެކުށް ތިބާލައްވައި ކުރުވި ޝައިޠޯނާއެވެ.  

އަބަދުވެސް ބުނާފަދައިން ޝައިޠޯނާ އެންމެ ނުއެދޭނެ ކަމަކީ ދެމަފިން ގުޅިގެން ލޯބިން އެކުގައި އުޅުމެވެ. ވީމާ ފިތުނަ އުފައްދުވަން ކުރެވެން އޮތް އެއްވެސް ކަމެއް ނުކޮށް ދޫކޮށެއްނުލާނެއެވެ. އަހުރެމެންނަށް އޮތީ އެކަމަށް ހޭލުންތެރިވެގެން އުޅުމެވެ. ހޭލުންތެރިވުމަކީ އިތުބާރު ގެއްލޭނެ އެއްވެސް ކަމެއް ނުކުރުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

މިއަދު އޮންލައިން