ދެއަންތބަށް ކައިވެނިކުރާ ގިނަ އަނބިންގެ އުފާވެރިކަން ގެއްލި ކައިވެނި ފޭލްވަނީ ވިސްނުން ގެންގުޅެވޭ ގޮތަކުން! މިއީ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ 2 ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ދެއަންތބަށް ކައިވެނިކުރާ ގިނަ އަނބިންގެ އުފާވެރިކަން ގެއްލި ކައިވެނި ފޭލްވަނީ ވިސްނުން ގެންގުޅެވޭ ގޮތަކުން! މިއީ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ 2 ކަމެއް!

ކޮންމެ މީހަކަށްވެސް އެނގެން ޖެހޭނެ އެންމެ މުހިންމު އެއްކަމަކީ ކައިވެނިކުރެވެނީ ދެމީހުން ކަމެވެ. ވީމާ ކައިވެނިކުރުމަށްފަހު ސަމާލުކަންދޭންޖެހޭނީ ތިމާގެ ކައިވެންޏަށެވެ. އިތުރު ކައިވެންޏަކާއިމެދު ވިސްނުމެއްވެސް ނެތެވެ.  

މިދައްކާ ވާހަކަ މިވަރުން ނުވިސްނިދާނެއެވެ. އެހެންވެ ބުނެލާނަމެވެ. އަހުރެންގެ މިވާހަކަކޮޅު އަމާޒުމިކުރަނީ ދެއަންތބަށް ކައިވެނިކުރާ އަންހެނުންނަށެވެ. ތިބާ އޭނާއާއި ކައިވެނިކުރުމަށްފަހު އޭނާ ކުރިން ކޮށްގެން ހުރި ކައިވެންޏާއިމެދު ތިބާ ވިސްނައިގެން ނުވާނެއެވެ. އެއީ ތިބާއާއިބެހޭ ކަމެއް ނޫނެވެ. އެއީ އެދެމީހުންގެ ކަމެކެވެ.  

މީގެމާނައަކީ ކައިވެނިކުރުމަށްފަހު ތިމާއެކަނި ފިރިމީހާ މިލްކުކުރަން މަސައްކަތްކުރުމެއް ނޫނެވެ. މިބުނަނީ ތިބާގެ ހުރިހާ ސަމާލުކަމެއް ދޭންވީ ތިބާގެ ކައިވެނި ދެމެހެއްޓުމަށެވެ. މަސައްކަތްކުރަންވީ ދެމަފިރިންގެ މައްސަލަތައް ޙައްލުކޮށް ލޯބިން އެކުގައި އުޅުމަށެވެ. އެކަމުގައި ކުރިއަރައިދެވޭނީ ފިރިމީހާއާއި ދޮށީ އަނބިމީހާގެ ކަންކަމުގެ ތެރެއަށް އެއްވެސް ވަރަކަށް ނުވަނުމުންނެވެ.  

ދެން ބުނެލަން އޮތީ ދެއަނބިންވެސް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. އެއީ ތިމާގެ ގާތުގައި ފިރިމީހާ ދެރެއިން އެއްރޭ ނިންދެވުމެވެ. އަނެކާގެ ރޭ ތިބާގެ ގާތަށް އަތުވެއްޖެނަމަ އޮތީ އުފާކުރުމެއް ނޫނެވެ. ކޮއްޕައިވެސް އަނެއް އަނބީގެ ގާތަށް ފޮނުވާލަންވާނެއެވެ. އެއީ ތިބާގެ ރޭތަކުގަ އަނެއް އަނބީގެ ގާތުގައި އޮތީމާ ތިބާއަށް ކުރާނެ އަސަރާއިމެދު ވިސްނައެވެ. 

މިކަންކަމަށް ސަމާލުކަންދީފިނަމަ ކައިވެނި ކާމިޔާބުކުރަން ބޮޑުތަނުން ފަސޭހަވެގެންދާނެއެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން