ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމަށް 15 ހަރަކާތެއް ހިންގަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމަށް 15 ހަރަކާތެއް ހިންގަނީ

ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބާ ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި މުޅި އަހަރަށް ބަހާލައިގެން ގާތްގަނޑަކަށް 15 ހަރަކާތެއް ކުރިއަށްގެންދިއުމަށް ރާވާފައިވާ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރުގެ ނައިބު އާމިނަތު އިބްރާހީމް ވިދާޅުވީ، މި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ގުޅިގެން ކަމަށެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިންގެ އިސްލާމީ ތަރިކަ ހިމާޔަތްކުރުމާއި، އިސްލާމީ ފަންނުވެރިކަމާއި އިލްމީ ދިރާސާތައް ކުރިއެރުވުމުގެ އިތުރުން ދީނީ ވަހުދަތު ހަރުދަނާކުރުމެވެ.

މި މުނާސަބަތުގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ މުހިންމު ހަރަކާތްތަކުގެ ތެރޭގައި 900 އަހަރުގެ މޮނިއުމަންޓެއް ބެހެއްޓުމާއި، ބައިނަލްއަޤްވާމީ އިސްލާމީ ޓްރޭޑް ފެއަރއަކާއި، ޤުރުއާން ފެސްޓިވަލެއް ބޭއްވުން ހިމެނެއެވެ. މީގެއިތުރުން އިސްލާމީ ސޮލިޑާރިޓީ ގޭމްސް، ކެލިގްރަފީ ފެސްޓިވަލް، ފިލްމް ފެސްޓިވަލް އަދި ޒުވާނުންނަށް ޚާއްޞަކޮށްގެން އިސްލާމީ ތަރިކަ ކޭމްޕެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.

ރާއްޖޭގެ ތާރީޚީ ތަރިކަ ދިރުވައި އާލާކުރުމުގެ ގޮތުން އިސްލާމީ ތާރީޚުގެ ޚާއްޞަ މިއުޒިއަމް ގެލެރީއެއް ޤާއިމުކުރުމާއި، އަތޮޅު ފެންވަރުގައި އެކި މަހާސިންތާތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ވުޒާރާއިން ހާމަކުރައްވައެވެ.

މިއަދު އޮންލައިން