ބީއެމްއެލް ވައު ކިޑްސް ރަން 2017 ބާއްވަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 57ސ
ބީއެމްއެލް ވައު ކިޑްސް ރަން 2017 ބާއްވަނީ
ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ޓީއެފްޖީ އާއި ބީއެމްއެލް ގުޅިގެން ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި މިދިއަ އަހަރުން ފެށިގެންއަހަރަކު އެއްފަހަރު ބާއްވާ "ބީއެމްއެލް ވައު ކިޑްސް ރަން 2017" އަންނަ މޭމަހުގެ 12 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

3 އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ދުވުމުގައި 3 އަހަރުން ފެށިގެން 9 އަހަރާ ދެމެދުގެ ކުޑަކުދިންނަށާއި އެކުދިންގެ ބެލެނިވެރިންނަށް މިފަހަރުވެސް ބައިވެރިވެވޭނެ އެވެ.

މިއަހަރު މިދުވުމުގައި 600 ކުދިން އެކުދިންގެ ބެލެނިވެރިންނާ އެކު ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވިފައެވެ.

މި ދުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން މާދަމާ މެންދުރު 12 އިން ފެށިގެން ޓީއެފްޖީ ވެބްސައިޓް www.3000tfg.com މެދުވެރިކޮށް ކުރެވޭނެ އެވެ.

"ބީއެމްއެލް ވައު ކިޑްސް ރަން 2017" ފެށުމަށް ހަމަޖެހިފައިވަނީ މެއި 12 ވަނަ (ހުކުރު) ދުވަހުގެ ހެނދުނު 7:20 އިން ބީއެމްއެލް ހެޑް އޮފީސް ކުރިމަތިންނެވެ. އަދި ދުވުން ނިންމާނީ ރަސްފަންނު ސަރަހައްދަށެވެ. "ބީއެމްއެލް ވައު ކިޑްސް ރަން 2017" ނިންމުން ފާހަގަކުރުމަށް ރަސްފަންނު ސަރަހައްދުގައި ވަރަށް ޚާއްސަ ހަރަކާތްތަކެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ.

މިއަދު އޮންލައިން