އެމްފައިސާއާ ގުޅާލާފައިވާ ޕޭޕަލް މިހާރު 5،000 އަށް ވުރެ ގިނަ ކަސްޓަމަރުން ބޭނުންކުރޭ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 54ސ
އެމްފައިސާއާ ގުޅާލާފައިވާ ޕޭޕަލް މިހާރު 5،000 އަށް ވުރެ ގިނަ ކަސްޓަމަރުން ބޭނުންކުރޭ!

އުރީދޫ ފިންޓެކުން ހާމަކޮށްފައިވާ ގޮތުގައި، އެމީހުންގެ އެމްފައިސާ އެކައުންޓްތަކާ ގުޅާލާފައިވާ ޕޭޕަލް މިހާރު 5،000 އަށް ވުރެ ގިނަ ކަސްޓަމަރުން އަންނަނީ ބޭނުންކުރަމުންނެވެ. މިއީ ރާއްޖޭގައި ބައިނަލްއަޤުވާމީ ޑިޖިޓަލް ޕޭމަންޓް ޚިދުމަތްތައް ހޯދުމުގެ ފުރުޞަތު ފުޅާކުރުމުގައި ޙާޞިލުކުރެވުނު މުހިންމު ލަނޑުދަނޑިއެކެވެ.

ޖޫން 2026 ގައި ތަޢާރަފުކުރުމާއެކު، ރާއްޖޭގެ ކަސްޓަމަރުންނަށް އެމީހުންގެ ޕޭޕަލް އެކައުންޓްތައް އެމްފައިސާއާ ގުޅާލައި، ޕޭޕަލްއިން ޑޮލަރ ފަސޭހަކަމާއެކު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭނެއެވެ. އަދި ނަގާފައިވާ ފައިސާ އަނބުރާ ގުޅާލާފައިވާ ޕޭޕަލް އެކައުންޓްތަކަށް ޓްރާންސްފަރ ކުރުމުގެ ފުރުޞަތުވެސް ކަސްޓަމަރުންނަށް ލިބިގެންދާއިރު، މީގެ ސަބަބުން ބައިނަލްއަޤުވާމީ ޑިޖިޓަލް ޕޭމަންޓްތައް މެނޭޖުކުރުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބިގެންދެއެވެ.

ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި 5،000 އަށް ވުރެ ގިނަ ޔޫޒަރުންނަށް ވާސިލުވުމަކީ، ފަސޭހައިން ބޭނުންކުރެވޭ ބައިނަލްއަޤުވާމީ ޕޭމަންޓް ސޮލިއުޝަންތަކަށް އޮންނަ ޑިމާންޑް އިތުރުވަމުންދާކަން ދައްކުވައިދޭ ކަމެކެވެ. ޚާއްޞަކޮށް ފްރީލާންސަރުންނާއި، ވިޔަފާރިވެރިންނާއި، ކޮންޓެންޓް ކްރިއޭޓަރުންގެ އިތުރުން ރާއްޖެއިން ބޭރުން ފައިސާ ލިބޭ ފަރާތްތަކުގެ މެދުގައި މި ޑިމާންޑް ބޮޑެވެ.

މި ޚިދުމަތުގެ ޒަރީއާއިން، ކަސްޓަމަރުންނަށް އެމީހުންގެ ޕޭޕަލް ފައިސާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކޮށް، އެމްފައިސާއިން ބޭންކް އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރުން ނުވަތަ ނަގުދު ފައިސާ ނެގޭނެއެވެ. އަދި ޕޭޕަލްއިން އެމްފައިސާއަށް ފައިސާ ޓްރާންސްފަރ ކުރުމަށް އުރީދޫން އިތުރު އެއްވެސް ފީއެއް މިވަގުތު ނުނަގާނެއެވެ. މި ގުޅާލުމުގެ ސަބަބުން، ދުނިޔޭގައި އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރާ އެއް ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމް މެދުވެރިކޮށް ހޯދާ ނުވަތަ ލިބޭ ފައިސާ ދިވެހިންނަށް ފަސޭހަކަމާއެކު ނެގޭނެ މަގު މިވަނީ ފަހިވެގެންގޮސްފައެވެ.

ޕޭޕަލް ގުޅާލުމަކީ، ޑިޖިޓަލް މާލީ ޚިދުމަތްތައް ހޯދުމުގެ ފުރުޞަތު ފުޅާކޮށް، ބައިނަލްއަޤުވާމީ ޑިޖިޓަލް އިޤުތިޞާދުގައި ބައިވެރިވުމަށް ދިވެހިންނަށް އައު ފުރުޞަތުތަކެއް ފަހިކޮށްދީގެން، ޝާމިލު ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އުރީދޫ މޯލްޑިވްސްއިން ވެފައިވާ ފުޅާ ވަޢުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

 

މިއަދު އޮންލައިން