ފަހު ދިހަ ގާތްވަނީ!- 1: ލައިލަތުލްޤަދްރް ވިލޭރޭ ލިބިގަންނަން ދަތުރު ފަށަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ފަހު ދިހަ ގާތްވަނީ!- 1: ލައިލަތުލްޤަދްރް ވިލޭރޭ ލިބިގަންނަން ދަތުރު ފަށަމާ!

ލައިލަތުލް ޤަދްރިއަކީ މަތިވެރިވެގެންވާ ރެއެކެވެ. އެ ރެއަކީ އެއްހާސް މައްސަރަށް ވުރެވެސް ހެޔޮކަން ބޮޑުވެގެންވާ ރެއެކެވެ. އެއީ ކީރިތި ޤުރުއާން ބާވައިލެއްވުނު ރެއެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

(شهر رمضان الذي انزل فيه القران) (سورة البقرة)

މާނައީ: "ރަމަޟާން މަހަކީ އެ މަހެއްގައި ޤުރުއާން ބާވައިލެއްވި މަހެވެ."

އަދިވެސް ވަޙީކުރެއްވިއެވެ.

(انا انزلناه فى ليلة القدر) (سورة القدر)

މާނައީ:" ހަމަކަށަވަރުން ތިމަން އިލާހު އެ (އެބަހީ: ކީރިތި ޤުރުއާން) ބާވައިލެއްވީ ލައިލަތުލް ޤަދްރި (އެބަހީ: ނިޔާ ކަނޑައަޅުއްވާ ރޭ) ގައެވެ."

އެއީ ބަރަކާތްތެރި ރެއެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

(انا انزلناه في ليلة مباركة) (سورة الدخان)

މާނައީ:" ހަމަކަށަވަރުން ތިމަން އިލާހު އެ (އެބަހީ: ކީރިތި ޤުރުއާން) ބާވައިލެއްވީ ބަރަކާތްތެރިވެގެންވާ ރެޔެއްގައެވެ." 

ލައިލަތުލް ޤަދްރީގެ މާނަ- 

ޢަރަބި ބަހުގައި ليلة ގެ މާނައަކީ: ރެއެވެ.

އަދި القدر ގެ މާނައަކީ: ނިޔާއެވެ.

އަދި މި ދެލަފްޒު އެއްކޮށްލުމުން އޭގެ މާނައަކީ: ނިޔާ ކަނޑައަޅުއްވާ ރެއެވެ.

އެރެއަށް އެފަދައިން ނަންދެވުނީ އެ ރެއަކީ އެ އަހަރުގައި ހިނގާނޭ ކަންތައްތަކުގެ ނިޔާފުޅު ﷲ ތަޢާލާ ކަނޑައަޅުއްވާ ރޭކަމުގައި ވާތީއެވެ."

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.--- މާނައީ: " އެ ރޭގައި ބަދަލުވުމެއް ނުވާނޭހެން ކޮންމެކަމެއް ކަނޑައަޅުއްވައެވެ."

- މަޢުލޫމާތު: ދިސަލަފިއްޔާގެ ފޮތަކުން 

ލިޔުމުގެ އިތުރުބައިތައް: 

ލިޔުމުގެ އިތުރު ބައިތައް:

ފަހު ދިހަ ގާތްވަނީ!- (2):

ފަހު ދިހަ ގާތްވަނީ!- (3):

ފަހު ދިހަ ގާތްވަނީ!- (4):

ފަހު ދިހަ ގާތްވަނީ!- (5):

 

މިއަދު އޮންލައިން