އެ ރޭގެ މާތްކަމަކީ ކޮބާ؟
· އެ ރެއަކީ ކީރިތ ޤުރުއާން ބާވައިލެއްވި ރެއެވެ.
· އެއީ ބަރަކާތްތެރި ރެއެކެވެ.
· އެ ރެއަކީ އެ އަހަރުގައި ހިނގާނޭ ކަންތައްތައް ﷲ ތަޢާލާ ކަނޑައަޅުއްވާ ރެއެވެ.
· އެރޭ ކުރާ އަޅުކަން އެއްހާސް މައްސަރުގެ އަޅުކަމަށްވުރެ މާތްވެގެން ވެއެވެ.
· އެރޭ ޖިބްރީލްގެފާނާއި މަލާއިކަތުން ހެވާއި ބަރަކާތާއިގެން ފައިބައިވަޑައިގަންނަވައެވެ.
· އެއީ ސަލާމަތްކަން ހުރި ރެއެކެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
މާނައީ: " ހަމަކަށަވަރުން ތިމަން އިލާހު އެ (އެބަހީ: ކީރިތި ޤުރުއާން) ބާވައިލެއްވީ ލައިލަތުލް ޤަދްރި (އެބަހީ: ނިޔާކަނޑައަޅުއްވާ ރޭ) ގައެވެ. (1)އަދި ލައިލަތުލް ޤަދްރިއަކީ ކޮންރެޔެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއަޗެއްތޯއެވެ. (2) ލައިލަތުލް ޤަދްރި އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ. (3) މަލާއިކަތުންނާއި ޖިބްރީލްގެފާނު އެބޭކަލުންގެ ރައްބުގެ އިޛުނަފުޅާއެކު، ހުރިހާ އަމުރުފުޅަކާއިގެން އެރޭ ފައިބައިވަޑައިގަންނަވާނެއެވެ. (4) އެއީ ފަޖުރުގެ އަލިކަން ފާޅުވެއްޖައުމަށް ދާންދެން އަމާންކަމާއި ސަލާމަތްކަން ލިބިގެންވާ ރެޔެކެވެ.(5)"
މަޢުލޫމާތު: ދިސަލަފިއްޔާގެ ފޮތަކުން
ލިޔުމުގެ އިތުރު ބައިތައް: