އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރަކަށް މާފުށި ދާއިރާގެ މެންބަރު ރިޒާ

މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރަކަށް މާފުށި ދާއިރާގެ މެންބަރު ރިޒާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

ރައްޔިތުންގެ މަޖިލީހުން ޖުޑިޝަލް ސާވިސް ކޮމިޝަނަށް ކަނޑައަޅާ މެންބަރަކަށް މާފުށި ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމް ކަނޑައަޅަން މިއަދު ނިންމައިފިއެވެ.

މިގޮތަށް ފާސްކޮށްފައިވަނީ މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. ޖޭއެސްސީއަށް މެންބަރަކު އައްޔަން ކުރުމަށް ނަން ހުށަހެޅުމުގެ ފުރުސަތު ރިޔާސަތުން ހުޅުވާލުމުން ހުށަހަޅާފައިވަނީ ރިޒާގެ ނަންފުޅު އެކަންޏެވެ. ރިޒާގެ ނަންފުޅު ޖޭއެސްސީގެ މެންބަރުކަމަށް ހުށަހެޅުއްވީ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކެވެ. ރިޒާ ޖޭއެސްސީއަށް އައްޔަންކުރަން ފެންނަ ކަމަށް 83 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ އިތުރުން މަޖިލީހުގެ މެންބަރުންގެ ތެރެއިން ދެން ޖޭއެސްސީގައި ހިމެނިވަޑައިގަންނަވާނީ މަޖިލީހުގެ ރައީސެވެ. 

ޖޭއެސްސީގައި އިތުރަށް ތިއްބަވާނީ އުއްތަމަފަނޑިޔާރު ފިޔަވައި ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިޚާބުކުރާ ފަނޑިޔާރަކާއި އާންމުންގެ ތެރެއިން ކުރިމަތިލާ މީހުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރަކާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެމްބަރަކާއި ވަކީލުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރެކެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު