ދުނިޔެއާ އާޚިރަތުގަވެސް ތިމާގެ ދަރަޖަ އުފުލި މަތިވެރިވެ ހެޔޮގޮތްތައް މެދުވެރިވުމަށް އެދޭ މީހާ އެންމެ ގިނަކުރަންވީ ޢަމަލު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ދުނިޔެއާ އާޚިރަތުގަވެސް ތިމާގެ ދަރަޖަ އުފުލި މަތިވެރިވެ ހެޔޮގޮތްތައް މެދުވެރިވުމަށް އެދޭ މީހާ އެންމެ ގިނަކުރަންވީ ޢަމަލު!

ތިމާގެ ދަރަޖަ ދުނިޔެއާ އާޚިރަތުގަވެސް އުފުލި މަތިވެރިވެ އަދި ތިމާއަށް ދުނިޔެއާއި އާޚިރަތުގައިވެސް ހެޔޮ ގޮތްތައް މެދުވެރިވުމަށް އެދޭމީހާ އެންމެ ގިނަކުރަންވީ ޢަމަލަކާއިބެހޭ ގޮތުން ވަރަށް ގިނައިން ސުވާލުކުރެވެއެވެ.

އެޢަމަލަކީ ގިނަގިނައިން ތައުބާވުމެވެ. އެކަމަށް އެދި أستغفر الله މިވަރަށް ކިޔަސް ފުދޭނެއެވެ.

أَسْـتَـغْـفِـرُ اللهَ وَ أَ تُـوبُ إِ لَـْيهِ މިފަދައިން ކިޔުމުން އިތުރަށް ފުރިހަމަވާނެއެވެ. އަދި މިނޫންވެސް ވަރަށް ގިނަ ތަފާތު ޢިބާރާތްތަކުން އެމީހާގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދެންނެވިދާނެއެވެ.

އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ﷺ ގެ ހުރިހާ ފާފަތަކެއް ﷲ ތަޢާލާ ވަނީ ފުއްސަވައި ދެއްވަވައިފައެވެ. އިތުރުއެކަލޭގެފާނުގެ އިސްވެ ދިއަހައި ފާފަތަކާއި އަދި ޙަޔާތްޕުޅުގައި ކުރެއްވެވޭނެ ހުރިހާ ފާފަތަކެއްވެސް ﷲ ތަޢާލާ ވަނީ ފުއްސަވައި ދެއްވަވައިފައިކަން އިތުރުއެކަލޭގެފާނަށް ރަނގަޅަށް އެނގިވަޑައިގެން ހުންނަވައިމެ ކޮންމެ ދުވަހަކު 70- 100 ފަހަރު މިފަދައިން ވިދާޅުވެ ތައުބާވެވަޑައިގަންނަވަމުން ގެންދެވިކަން އެނގެން އޮތުމަކީ މިކަމުގެ މުހިންމުކަން އެންމެ ބޮޑަށް އެނގިގެންދާ އެއްސަބަބެވެ.

އަދި ކީއްހެޔެވެ؟ އިބްނަ ޢައްބާސްގެ އަރިހުން ރިވާވެގެންވާ ޙަދީޘްފުޅަކުން އެނގެން އޮތް ގޮތުގައި ގިނަގިނައިން ތައުބާވުމަކީ އެމީހާ އެދޭ ކަންކަން ޙާޞިލުކުރެވުމަށާއި ކުރިމަތިވާ ހުރިހާ މުޞީބާތްތަކުން ސަލާމަތްވުމަށް އޮތް އެންމެ ޔަޤީން ޢަމަލެވެ.

މިކަންކަމަކީ އަހަރެމެން ކޮންމެ މުސްލިމަކަށްވެސް ވަރަށް ރަނގަޅަށް އެނގޭ ކަންކަމެވެ. މައްސަލައަކަށްވެގެން މިއުޅޭ ކަމަކީ ޢަމަލުކުރަން ހަނދާން ނުހުންނަކަމެވެ. ނުވަތަ ޢަމަލުނުކުރެވޭ ކަމެވެ. އަހަރެމެންގެ މައްޗަށް އޮތީ ގިނަގިނަގިނައިން ހަނދާންކޮށްދިނުން ކަމުގައިވާތީ ހަނދުމަކޮށްލައިދިނީއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން