އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބައިވެރިޔާ ކުރާ ކަންކަމުގެ ތެރެއިން ދިރިއުޅުމަށް ގެއްލުން ނުވާ އެއްވެސް ކަމެއް ހުއްޓުވައިގެން ނުވާނެ!

ބައިވެރިޔާ ކުރާ ކަންކަމުގެ ތެރެއިން ދިރިއުޅުމަށް ގެއްލުން ނުވާ އެއްވެސް ކަމެއް ހުއްޓުވައިގެން ނުވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 56 ސިކުންތު

ކިތަންމެ ލޯބިން ކައިވެނިކުރިނަމަވެސް ކޮންމެ ދެމީހަކީވެސް ޚިޔާލުތަފާތު ދެމީހުންނެވެ. އަދި ކުރަން ބޭނުންވާ ކަންކަންވެސް ތަފާތުވާނެއެވެ. އުޅެން ބޭނުންވާ ގޮތްވެސް ތަފާތުވާނެއެވެ. ވީމާ ކައިވެނިކުރުމަށްފަހު ދެމީހުންނަށްވެސް އޮތީ އަނެކާއަށް އިޙްތިރާމްކުރުމެވެ. ހިތްވަރުދިނުމާއި އަޅައިލުމާއި އެހީތެރިވުމެވެ. 

ބައިވެރިޔާ ކުރަން ބޭނުންވާ ކަންކަމުގެ ތެރެއިން ދެމީހުންގެ ދިރިއުޅުމަށް ގެއްލުން ލިބި އުނިކަން ނުއަންނާނެ އެއްވެސް ކަމެއްގައި ބައިވެރިޔާއަށް ދެކޮޅު ނުހަދާށެވެ! ނަމަވެސް ދެމީހުންގެ ދިރިއުޅުމަށް ގެއްލުން ލިބި އުނިކަން ލިބިދާނެ ކޮންމެ ކަމަކަށް ދެކޮޅުހަދަންވެސް ޖެހޭނެއެވެ. ދެކޮޅުހަދަންވީ ބައިވެރިޔާ އެކަން ކުރަން ފުރުޞަތުދީގެން އެތައް ދުވަހަކު މަޑުކުރުމަށްފަހަކު ނޫނެވެ. ފުރަތަމަވެސް ދެކޮޅުހަދަންވާނެއެވެ. 

ބައެއް ކަންކަން ހުއްޓުވަން އުޅުމުން "ތިއައުޅެނީ އިތުބާރު ނުކުރެވޭތީތޯ؟" ސުވާލުވެސް ކޮށްފާނެއެވެ. ޖަވާބުގައި ބުނަންވާނީ "މިއުޅެނީ ވަރަށް ބޮޑަށް އިތުބާރުކުރާތީ އެކަން ގެއްލުނަ ނުދިނުމަށް" ކަމަށެވެ.

ބައިވެރިޔާ ރޭގަނޑު ގެއިން ބޭރުގައި ގިނަ ވަޤުތުތައް ހޭދަކުރުން ފަދަ މައްސަލަތައް ޙައްލުނުކުރެވި ހޫނުވެގެންދަނީ އެކަމަށް ފުރަތަމަ ފުރުޞަތު ދީފައި ފަހުން ހިފަހައްޓަން މަސައްކަތްކުރާތީއެވެ. އެއިރު ހުންނަނީ އެކަމަށް އާދަވެފައެވެ. އެއްވެސް ކަމަކަށް އާދަވެއްޖެނަމަ އެކަމެއް ކުރުން ހުއްޓާލުން އެއްވެސް މީހަކަށް ފަސޭހައެއް ނުވާނެއެވެ. 

ހަމަ މިގޮތަށް ބަލާއިރު އަނބިމީހާ ކަސްރަތަށް ހިނގަން ދިއުން ފަދަ ކަމެއް ހުއްޓުވާނަމަ ގޭގައި ހުރެގެން ކަސްރަތުކުރެވޭނެ ގޮތް ހަދައިދޭންވާނެއެވެ. ޖޮގިން މެޝިން ފަދަ ތަކެތި ގޭގައި ބަހައްޓައިދޭންވާނެއެވެ. ކަސްރަތުކުރުން ފަދަ ކަންކަމަކީ ޞިއްޙަތަށް ފައިދާހުރި ކަންކަމަށްވުމުން އެކަންކުރުން ހުއްޓުވަން އުޅޭނަމަ ޤަބޫލުކުރެވޭނީ ތިމާދެކެ ލޯބިނުވަނީ ކަމަށެވެ. ސަބަބަކީ ލޯބިވާނަމަ ބައިވެރިޔާއަށް ފުރިހަމަ ޞިއްޙަތެއް ލިބިގެން ހުންނަން އެދޭނެތީއެވެ.

 

- ޝަމްވީލާ / މިއަދުނޫހަށް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް