އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 17 ސިކުންތު
ޢާއިޝަތު ރަފާޙް ޢަލީ
"އަޅުގަނޑުމެންނަށް އެނގޭ ފަދައިން، ﷲ سبحانه وتعالى އަބަދުވެސް އަޅުގަނޑުމެންނާއެކު ވޮޑިގެންވެއެވެ. އަދި އެ މަތިވެރި ރައްކާތެރިކަމުގެ ގޮތުގައި ދެމިވޮޑިގެންވެއެވެ.
އަޚުންނާއި އުޚްތުންނޭވެ! މިއަދުގެ ދުނިޔޭގެ ޙާލަތަށް ބަލާއިރު، ﷲ سبحانه وتعالى ވަޙީކުރައްވާފައިވެއެވެ: އަންފާލް ސޫރަތުގެ 60 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. "وَأَعِدُّوا لَهُم مَّا اسْتَطَعْتُم مِّن قُوَّةٍ" (ތިޔަބައިމީހުންނަށް ކުޅަދާނަވީ މިންވަރަކުން، އެމީހުންނާ ދެކޮޅަށް ބާރު ތައްޔާރުކުރާށެވެ!)
އަޅުގަނޑުމެންގެ އަދާވާތްތެރިން އަޅުގަނޑުމެންނަށް އިޙްތިރާމްކުރާނީ ހަމައެކަނި ބާރުގެ ނިޝާންތައް ފެންނަ ހިނދުގައެވެ. އެހެންކަމުން، އަމިއްލަ ނަފްސު ވީހާވެސް ބާރުގަދަ ޙާލަތަކަށް ގެންދިއުމަކީ މުހިންމު ކަމެކެވެ. އޭރުން އަދުއްވާއަށް އަޅުގަނޑުމެންގެ ކިބައިން ފެންނާނީ ބާރުގަދަކަމެވެ. ބަލިކަށިކަމެއް ނޫނެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ: "الْمُؤْمِنُ الْقَوِيُّ خَيْرٌ وَأَحَبُّ إِلَى اللَّهِ مِنَ الْمُؤْمِنِ الضَّعِيفِ، وَفِي كُلٍّ خَيْرٌ" (ބާރުގަދަ މުއުމިނާ، ބަލިކަށި މުއުމިނަކަށްވުރެ ހެޔޮވެގެންވެއެވެ. އަދި ﷲ އަށް ލޮބުވެތިކަން ބޮޑެވެ. އަދި ދެމީހުންގެ ކިބައިގައިވެސް ހެޔޮކަން ވެއެވެ.)
އިބްނު ޙަޖަރު رحمه الله މި ޙަދީޘް ޝަރަޙަ ކުރައްވާފައިވަނީ، މިތާނގައި ބަޔާންކުރެވިފައިވާ ބާރުގަދަކަމަކީ ހުރިހާ ބާވަތެއްގެ ބާރުގަދަކަމެއް ކަމުގައެވެ. އޭގެ ތެރޭގައި ރޫޙާނީ، ފިކުރީ، ޖިސްމާނީ އަދި މާލީ ބާރުގަދަކަން ހިމެނެއެވެ. ބާރުގަދަ ޙާލަތެއްގައި ހުރުމަކީ، ބަލިކަށި ޙާލަތެއްގައި ހުރުމަށްވުރެ ﷲ سبحانه وتعالى އަށް ލޮބުވެތިކަން ބޮޑު ކަމެކެވެ.
އަދި ނަބިއްޔާ صلى الله عليه وسلم އިތުރަށް ޙަދީޘް ކުރެއްވިއެވެ: "احْرِصْ عَلَى مَا يَنْفَعُكَ، وَاسْتَعِنْ بِاللَّهِ وَلَا تَعْجَزْ" (ތިބާއަށް މަންފާ ކުރާނެ ކަންކަމަށް މަސައްކަތްކުރާށެވެ. ﷲ ގެ އެހީތެރިކަމަށް އެދޭށެވެ. އަދި ނުކުޅެދުންތެރިއަކަށް ނުވާށެވެ.)
މި ޙަދީޘްގެ މާނައަކީ އަޅުގަނޑުމެން އަމިއްލަ ދައުރު އަދާކުރަންޖެހޭ ކަމެވެ. ގިނަ މީހުން އެމީހުންގެ ބަލިކަށިކަމާމެދު ޝަކުވާކުރާއިރު، އެ ބަލިކަށިކަން ރަނގަޅުކުރުމަށް އެއްވެސް މަސައްކަތެއް ނުކުރެއެވެ. އެހެންކަމުން، އަޅުގަނޑުމެން އަބަދުވެސް އަމިއްލަ ނަފްސު ހަރުދަނާކޮށް، ކުރިއެރުވުމަށް މަސައްކަތްކުރަންވާނެއެވެ.
މި ހުރިހާ ކަމެއްވެސް ކުރަންވާނީ ﷲ سبحانه وتعالى އަށްޓަކައެވެ. އެކަލާނގެ ރުއްސެވުން ހޯދުމަށްޓަކައެވެ. އަޅުގަނޑުމެންގެ ބާރުގަދަކަމާއި ކުޅަދާނަކަން ބޭނުންކުރަންވާނީ ހެޔޮކަންތައްތަކަށާއި، އިސްލާމްދީން ކުރިއެރުވުމަށެވެ.
- ޢުމަރު ސުލައިމާންގެ ދަރުސަކުން
މި ނަޞޭޙަތުގެ ފައިދާކުރާނީ ތިމާގެ އަމިއްލަ ދިރިއުޅުމުގައިވެސް މިކަންކަން މިގޮތަށް ތަންފީޒުކޮށްގެންނެވެ. ޢަދާވާތްތެރިންނާއި ޙަސަވެރިންގެ ކުރިމަތީގައި ތިމާއަކީވެސް ހިތްވަރުހުރި މީހަކުކަން ތިމާގެ ޢަމަލުތަކުން ދައްކައިދެވިގެންނެވެ.
އެއިގެ މާނައަކީ އެމީހުންނާ ބަހުން ޖަދަލުކުރުމެއް ނޫނެވެ! އެމީހުން ކުރާ ކަންކަމުން ތިމާގެ ޢަޒުމް ގުޑުވައިނުލެވޭނެކަން ތިމާގެ ޢަމަލުތަކުން ދައްކައިދިނުމެވެ.
Advertisement
25 މެއި 2025