އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮވިޑްގެ ޙާލަތު ގޯހުން ގޯޯހަށް! އެޑްމިޓްކުރަންޖެހޭ މީހުން ގިނަވެ އައިސީޔޫއަށް އިތުރުވަނީ!

ކޮވިޑްގެ ޙާލަތު ގޯހުން ގޯޯހަށް! އެޑްމިޓްކުރަންޖެހޭ މީހުން ގިނަވެ އައިސީޔޫއަށް އިތުރުވަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ޖެހިގެން 8 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު ވެންޓިލޭޓަރުގައި އެކަކަށް ފަރުވާދެމުން ދާކަމަށް އެޗްއީއޯސީން ބުނެފި އެވެ.

އެޗްއީއޯސީން މިރޭ ބުނެފައިވަނީ ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 145 މީހަކަށް ފަރުވާދެމުންދާކަމަށާއި މީގެތެރެއިން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 129 މީހަކަށް ފަރުވާދެމުންދާއިރު ދަރުމަވަންތަ ހޮސްޕިޓަލްގައި ހަ މީހަކަށް ފަރުވާ ދެމުންދާކަމަށެވެ. މީގެ އިތުރުން ބ. އޭދަފުށީ ކޮވިޑް ސެންޓަރާއި ށ. ފުނަދޫ ކޮވިޑް ސެންޓަރުގައިވެސް ދެ މީހަކަށް ފަރުވާ ދެމުންދާކަމަށް އެޗްއީއޯސީން އިން ވަނީ ބުނެފައެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ 116 މިހުންނެވެ. މީތެރޭގައި ހިމެނެނީ 77 ދިވެހީންނާއި، 27 ބަންގްލަދޭޝް މީހުންނާއި ލަންކަގެ 6 މީހުންނާއި އިންޑިއާ 5 މީހަކާއި ނޭޕާލް މީހެކެވެ.

މި ބަލީގައި 19 މީހަކު ވަނީ ނިޔާވެފައިވާއިރު މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިހާރު މިވަނީ 2835 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 5157 އަށް އަރައިފައެވެ. މި ބައްޔަށް މިހާރު ފަރުވާ ދެމުން އަންނަނީ 145 މީހަކަށެވެ.

.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު