އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިހައި ނިކަމެތި ޙާލުގަ އުޅެންޖެހިފައިވާ މިމީހާއަށް އެހީތެރިކަން ފޯރުކޮށްލައިދޭނެ މީހެއް، ފަރާތެއް ޤައުމުގަ ހަމަނެތީތޯ؟

މިހައި ނިކަމެތި ޙާލުގަ އުޅެންޖެހިފައިވާ މިމީހާއަށް އެހީތެރިކަން ފޯރުކޮށްލައިދޭނެ މީހެއް، ފަރާތެއް ޤައުމުގަ ހަމަނެތީތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 54 ސިކުންތު

މ. ބޮޑުގޭ ވަގުތީ މިސްކިތުގައި މިއަދުގެ ޢަޞްރު ނަމާދުކޮށް ނިމުނު އިރު ސޯޓުބުރިއެއްލައިގެން ހުރި ފިރިހެނަކު ހުސްގަޔާހުރެ ވުޟޫކުރާ އިސްކުރުބަރިން ފެންވަރައި އެއްޗެތި ދޮވެ އަދި ފައިވާންވެސް ދޮންނަނީއެވެ. މި މަސައްކަތް އޭނާކުރަނީ ބަރީގައި ހުންނަ ހުރިހާ ފެންއިސްކުރުތައްވެސް ދޫކޮށްލައިގެންނެވެ. 

ލިބުނު މައުލޫމާތުން އެނގުނީ އޭނާ ދިރިއުޅެނީވެސް މިސްކިތުގައި ކަމެވެ. ބައެއްފަހަރު ކުޑަ ފޭރާމެއްގައި މިސްކިތަށް އަރައި ފަންކާތަކާ ދިމާއަށް އަޑުގަދަކުރުން ފަދަ ކަންކަންވެސް ކުރެއެވެ. ލައިގެންހުންނަ އެއްޗެތި ބާލައި މިސްކިތްތެރޭގައި ހޫރައިވެސް ހަދައެވެ. ނިދަނީ ބޮކިތައް ނިއްވައިގެން މިސްކިތު ފެންޑާގައެވެ. 

ކައި އުޅެނީ ޑަސްޓްބިންތަކުން ކުނިކާތަކެތި މިސިްކިތު ގޯތިތެރެއަށް ގެނެސްގެން އެތަނުގައެވެ. މަދުން ނޫނީ ކުނި ނުވާއެއްޗެއް ނުކައެވެ. ގެންގުޅޭ ދެ ދަބަސް ފެންނަން ހުއްޓެވެ. 

މިކަންކަން ބޮޑުވެގެން ރިޕޯޓްކުރުމުން ފުލުހުން އޭނާ ގެންދިއައެވެ. ނަމަވެސް ދޫކޮށްލީއެވެ؟ 

އޭނާއަކީ ކާކު؟ 

ލިބުނު މައުލޫމާތުން އެނގުނު ގޮތުގައި އޭނާއަކީ މާލޭގައި ގެދޮރުވެސް ހުރި ދަރިންވެސް ތިބި ފިރިހެނެކެވެ. ބަސް ޤަބޫލުނުކުރާތީ ދަރިން އަޅާނުލަނީކަމަށް މައުލޫމާތު ލިބިފައިވާކަމަށް މިސްކިތުގެ އަހުލުވެރިން ބުނެއެވެ. އޭނާއަށް ކުރި އެއްވެސް ސުވާލަކަށް ޖަވާބު ނުދެވުމުން އެއީ ތެދެއްކަން ކަށަވަރުކުރެވޭނެ ގޮތެއް ނުވިއެވެ. 

ސުވާލަކީ އޭނާއަކީ ކޮންމެ މީހެއްނަމަވެސް ދިވެހި ރައްޔިތެއްގެ ހާލަތު މިހިސާބަށްދާއިރު އަޅައިލާނެ، އަޅައިލަންޖެހޭ އެއްވެސް ފަރާތެއް ހަމަ ނެތީތޯއެވެ؟ ރާއްޖޭގައި ފަރުވާދޭނެ މަރުކަޒެއް، ފަރުވާދޭނެ ޑޮކްްޓަރުން ނެތް ޒަމާނުގައި ކިލެގެފާނުގެ ވެރިކަމުގައި މީހުން ދުނިޔެއިން މޮޔަވެ އަތްފައަށް އޮބިނޯތުމުން ކަރު އަނދަގޮނޑިޖަހައި އެއިރުގެ ރިޔާސީ ގަނޑުވަރު، އަތިރިމާފަންނުގޭ ފެންޑާގައި ބާއްވައިގެން ކިލެގެފާނު އަމިއްލަފުޅަށް ބެލެހެއްޓެވިކަމަށް އެކަން ފެނުނު މީހުން ބުނެފައިވެއެވެ. 

މިއަދު އެކި ސައިޒުގެ ހޮސްޕިޓަލުތަކާއި މަރުކަޒުތަކާއި މިނިސްޓްރީތައް ހުރެމެ އެތައް ސަތޭކަ މުވައްޒިފުންނާއި ސިޔާސީ އިސް އެތައް ބައަކު ތިބެމެ މިސްކިތުގައި ނަމާދުނުކުރެވޭ ޙާލަތަށް ގޮސް ގިނަދުވަސްތައް ފާއިތުވަމުންދާތީ ދައުލަތް ހިންގުމުގެ ނިޒާމަށް އައިސްފައިވާ ބަދަލުތައް މިހިރީ ފެންނަން ދޮގެއްތޯއެވެ؟ މިފަދަ މީހުން ބަލަހައްޓާނެ ތަނެއް ފުލުހުންގެ މުވައްސަސާގެ ބެލުމުގެ ދަށުގައި ހުރިނަމަ މިހެން މިކަންކަން ވެގެންދާނެކަމަކަށް ގިނަ ބައަކު ޤަބޫލެއް ނުކުރެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް