އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުޖުތަމައުއަށް ނުރައްކަލެއް ނެތް ކަމަށް ބުނެ މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކުރި މީހުން ކޯޓުން ދޫކޮށްލާފައި!

މުޖުތަމައުއަށް ނުރައްކަލެއް ނެތް ކަމަށް ބުނެ މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކުރި މީހުން ކޯޓުން ދޫކޮށްލާފައި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

 ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެއް ކިލޯ އަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ހައްޔަރުކުރި 5 މީހުން މުޖުތަމައުއަށް ނުރައްކަލެއް ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން ދޫކޮށްލާފައިއެވެ.

ކްރިމިނަލް ކޯޓުން މިމީހުން ދޫކޮށްލީ އިތުރަށް ބަންދުގައި ބައިތިއްބަން ޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައެޅުމަށްފަހު އެވެ. އަދި މި މީހުން ދޫކޮށްލުމަކީ މިވަގުތު މުޖްތަމައުއަށް ނުރައްކަލެއް ނެތް ކަމަށް ފެންނާތީ ކަމަށް އެކޯޓުން ވަނީ ނިިންމާފައެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހ.ވައިފިނި ބަލާ ފާސްކުރިއިރު އެއް ކިލޯއަށްވުރެ ގިނަ ކެނަބިސް އާއި 108 ގްރާމުގެ އެމްޑީއެމްއޭ އަދި ހަތް ގްރާމް ހެރޮއިން އަދި މަނާ ބޭސް ކަމަށް ޝައްކު ކުރެވޭ ތަކެއްޗާއި ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއްސާއި ގިނަ އަދަދެއްގެ ފައިސާ ވަނީ އަތުލައިގަނެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު