އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުޖުތާޒް ފަހުމީ އަވަހާރަވުމާއި ގުޅިގެން ޝަރުޢީ ދާއިރާގެ ދިދަ 3 ދުވަހަށް ބައިދަނޑިއަށް!

މުޖުތާޒް ފަހުމީ އަވަހާރަވުމާއި ގުޅިގެން ޝަރުޢީ ދާއިރާގެ ދިދަ 3 ދުވަހަށް ބައިދަނޑިއަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛު މުޖުތާޒް ފަހުމީ އަވަހާރަވުމާއި ގުޅިގެން ޝަރުޢީ ދާއިރާގެ ދިދަ 3 ދުވަހަށް ބައިދަނޑިއަށް ތިރިކުރުމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފިއެވެ.

ޑީޖޭއޭ އިން ބުނެފައިވަނީ ޝަރުޢީދާއިރާއަށް އަދި މި ޤައުމަށް އަގުނުކުރެވޭފަދަ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛު މުޖުތާޒް ފަހުމީ އަވަހާރަ ވުމާއި ގުޅިގެން އެކަމުގެ ހިތާމާގައި މިއަދުން ފެށިގެން 03 ދުވަހުގެ މުއްދަތައް ޝަރުޢީދާއިރާގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ނިންމާފައިވާ ކަމަށާއި އެމަނިކުފާނު އަވަހާރަވި ހިތާމަވެރި މި ދަނޑިވަޅުގައި ޝަރުޢީ ދާއިރާގެ ފަނޑިޔާރުންނާއި މުވައްޒަފުންގެ ފަރާތުން އެމަނިކުފާނުގެ އާއިލާއަށް ތަޢުޒިޔާ ފޮނުވާކަމަށެވެ.

މުޖުތާޒް ފަހުމީ އަވަހާރަވުމަކީ ޝަރުޢީ ދާއިރާއަށާއި މި ޤައުމަށް ލިބުނު ފޫނުބެއްދޭ ވަރުގެ ފުން ހިތާމައެއް ކަމަށާ އެމަނިކުފާނުގެ ޢިލްމީ ތަޖުރިބާގެ އަލީގައި ގައުމަށް ކޮށްދެއްވި ޚިދުމަތްތަކަކީ އަންނަން އޮތް އެތައް ޖީލުތަކަކުންވެސް ހަނދާން އާކުރަމުން ގެންދާނެ ފަދަ ޚިދުމަތްތަކެއް ކަމަށް ޑީޖޭއޭއިން ވަނީ ބުނެފައެވެ.

މުޖުތާޒަކީ ފަނޑިޔާރުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އިންތިގާލީ މާރުހަލާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމާއި ޖޭއެސްސީގެ ރައީސް ކަމާއި ސިވިލްކޯޓްގެ އިސް ގާޒީކަން ވެސް ކުރެއްވެވި އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް