ބަނޑުގައި އޮތް ތުއްތު ދަރިފުޅަށްޓަކައި ކޮފީބުއިން ހުއްޓާލާ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
ބަނޑުގައި އޮތް ތުއްތު ދަރިފުޅަށްޓަކައި ކޮފީބުއިން ހުއްޓާލާ
ތިބާއަށް ލިބެންއުޅޭ ދަރިފުޅުދެކެ ވަރަށް ލޯބިވަމުތާއެވެ. އެހެން ކަމަށްވާނަމަ ކޮފީ ބުއިމާ އަވަހަށް ދުރުވެ ގަންނާށެވެ.

ދިރާސާތަކުން ދައްކާގޮތުގައި، ކޮފީ ބުއިމަށް ދެވިހިފައިފައިވާ އަންހެނުން ގިނަފަހަރަށް ޑޮކްޓަރާ ކުރާ ސުވާލަކީ މާބަނޑު ދުވަސްވަރު ކޮފީ ބުއިމަކީ މައިމީހާ އަށާއި ބަނޑުގައި އޮންނަ ކުޑަ ދަރިފުޅަށް ރައްކާތެރި ކަމެއްތޯއެވެ.

ކޮފީ ބުއިމަށް ދެވިހިފާފައިވާ އަންހެނާއަށް ހާލަތުގެ ގޮތުން، ގިނަފަހަރަށް ޖެހެނީ، ބަލިވެ އިނުމަށްފަހު، ކޮފީ ބުއިން ހުއްޓާލަން، ނުވަތަ ކޮފީ ބޯ މިންވަރު ދަށްކޮށްލާށެވެ. މިކަން ކުރުމަށް ބައެއް އަންހެނުން ވަރަށް ދަތިވާ ފަހަރުވެސް އާދެއެވެ.

ދެންއޮތީ އޮތީ އެކަމަށް ހައްލެއް ލިބިފައެވެ. ކޮފީ އަށް ދެވި ހިފާފައިވާ އަންހެނުންނަށް އުފާވެރި ޚަބަރެކެވެ.

އެމެރިކަން ކޮލެޖު އޮފް އޮބްސްޓިޓްރިޝަންސް އެންޑް ގައިނެކޮލޮޖިސްޓުން ހާމަކޮށްފައިވާ ގޮތުގައި މާބަނޑު ދުވަސްވަރު ހަށިގަނޑަށް އެތެރެ ކުރާ ކެފޭން ގެ މިންވަރު ކޮންމެ ދުވަހަކު ދުއިސައްތަ މިލިގްރާމަށްވުރެ ދަށްކުރަން ޖެހެއެވެ.

އެހެން ނަމަވެސް މި އަދަދަށް ވުރެ، ކެފޭން ގެ މިންވަރު ހަށިގަނޑުގައި އިތުރު ވެއްޖެ ކަމަށްވާނަމަ ދަރިފުޅު ބައިގެން ދިޔުމާއި ވިހާއިރު ދަރިފުޅުގެ ބަރުދަން ލުއިކޮށް ހުރުން އެކަށީގެން ވެއެވެ.

ނަމަވެސް ސަމާލުވާންވީ ކަމައެއް އެބަ އޮތެވެ. ތިބާ ބޯން ބޭނުން ކުރާ ކޮފީގެ ބާވަތާއި ދޭތެރޭގައެވެ. ތަފާތު ބާވަތް ތަކުގެ ކޮފީތަކުގައި ކެފޭން ގެ މިންވަރު އެކުލެވިގެން ވަނީ ތަފާތު މިންވަރަށްކަން ދަނެގަންނަން ޖެހެއެވެ.

ކޮފީ ބުއިމަށްފަހު ، ގިނައިން ފެން ނުވަތަ އެ ބުއިމެއްގައި ސަތޭކަ ޕަސެންޓް މޭވާގެ ޖޫސް ހިމެނޭ ބުއިންތައް ބަލިވެ އިންނަ އަންހެނާ ބުއިމަކީ އޭނާގެ ބަނޑުގައިވާ ދަރިފުޅަށް ވަރަށް ފާއިދާ ކުރާނެ ކަމެއް ކަމަށްވެސް އެމެރިކަން ކޮލެޖު އޮފް އޮބްސްޓިޓްރިޝަންސް އެންޑް ގައިނެކޮލޮޖިސްޓުން ހާމަކޮށްފައިވެއެވެ.
މިއަދު އޮންލައިން