އަނގައިން ނުބައި ވަސް ދުވާ ސަބަބުތައް މިހިރީ...

ކިޔުމަށް ހޭދަވާނީ 2މ 46ސ
އަނގައިން ނުބައި ވަސް ދުވާ ސަބަބުތައް މިހިރީ...
އާއްމު ދިރިއުޅުމުގައި އުޅޭއިރު، ޚާއްސަކޮށް މީހުންގެ ތެރެއަށް ނިކުމެ އުޅެން ޖެހޭއިރު، އަނގައިން ނުބައި ވަސް ދުވާނަމަ އެކަމަކީ ތިމާ މީހާ ދެކެ އެހެން މީހުން ވަރަށް ފަސޭހައިން ފޫހި ކޮށްލުވާ ކަމެކެވެ.

ވާހަކަ ދައްކާއިރު ނުވަތަ ފުންކޮށް ނޭވާއެއް ލިޔަސް އަނގައިން ނުބައި ވަސް ދުވައިފިނަމަ، އެފަދަ މީހަކާއިއެކު އުޅެން ގިނަ މީހުން ފޫހިވެ, ފަކުރު ގަންނާނެއެވެ. އަދި ބައެއް މީހުންނަކީ ތިމާއާއި ދިމާލަށްވެސް އެވާހަކަ ބުނަން ޖެހިލުން ވެސް ނުވާ މީހުންނެވެ.

ބައެއް މީހުންނަށް އަނގައިން ނުބައި ވަސްދުވާކަން އެނގުނަސް، އެހެން އެކަން ދިމާވަނީ ކީއްވެކަން ނޭނގެއެވެ.

އަނގައިން ނުބައި ވަސް ދުވާ ބައެއް ސަބަބުތަކަކީ:
- އަނގައި އެތެރެ ސާފުތާހިރުކޮށް ނުބެލެހެއްޓުން

ހަމަ އެކަނި ދަތްތަކުގައި ބުރުސް ހާކާލުމަކުން ނުފުދެއެވެ. ރަނގަޅަށް ރީތިކޮށް ދަތް ނޫގުޅިއްޖެނަމަ އަދި ފްލޮސް ނުކުރާ ނަަމަ ދަތްތަކުގައި ކާއެއްޗިހި ހަރުލާ، ގިނަ ދުވަސްވެ އެތަކެތީގެ ސަބަބުން ބެކްޓީރިއާ އުފެދެއެވެ. އަދި އެބެކްޓީރިއާގެ ސަބަބުން ދަތްތަށް ފަނިކައި، ނުބައި ވަސްވެސް އަނގައިތެރެއިން ދުވަން ފަށައެވެ.

- ދުންފަތުގެ އިސްތިޢުމާލު ކުރުމުން
ދުންފަތުގެ އިސްތިއުމާލު ކުރުން ނުވަތަ ސިނގިރޭޓު ބުއިމަކީ މިޒަމާނުގައި ވަރަށް ގިނަ މީހުން ކުރާ ކަމެކެވެ. ސިނގިރޭޓު ބުއިމަކީ ދެޖިންސުގެ މީހުންވެސް ކުރަމުން އަންނަ ޒަމާނީ 'ޓްރެންޑް' އަކަށް ވެފައިވާއިރު، ސިނގިރޭޓަކީ ސިއްޙީ އެތަކެއް ގެއްލުންތަކެއް ދޭ އެއްޗެއްކަން ދެނެގަނެ އެކަން ޤަބޫލު ކުރަނީ މަދު ބައެކެވެ. ސިނގިރޭޓު ބުއިމުގެ ސަބަބުން ލަންގ ކެންސަރ ފަދަ ނުރައްކާތެރި ބަލިތައް ޖެހުމަށް ފުރުޞަތު ބޮޑުވުމުގެ އިތުރުން، މިކަމުގެ ސަބަބުންވެސް އަނގައިން ނުބައި ވަސް ދުވާނެއެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުމުން އަނގައިން ނުބައި ވަސް ދުވަނީ އަނގައިގެ އެތެރެ ހިއްކާލާތީ އެވެ. ސިނގިރޭޓު ބުއިމުގެ ސަބަބުން އަނގައިގާ ކުޅަ އުފައްދާ މިންވަރު ދަށްވާނެ އެވެ. ކުޅު ރަނގަޅަށް ނުއުފެދޭނަމަ އަނގައި ތެރޭގައި ބެކްޓީރިއާ އުފެދި ނުބަި ވަސް އަނގައިން ދުވަން ފަށާނެއެވެ.

- ރަހަގަދަ ކާއެއްޗެހި ރޮލާ ކެއުން
ފިޔާ، ލޮނުމެދު، އިނގުރު ފަދަ ތަކެއްޗަކީ ރިހަ ފަދަ ތަކެތި ކައްކާއިރު އަޅައިގެން ކާން ވަރަށް މީރު ކާއެއްޗެއްސެވެ. ނަމަވެސް މިފަދަ ތަކެތި ރޮނުފިލުވާ ހުހާ ކާ މީހުންވެސް އުޅެއެވެ. ފިޔަލާއި ލޮނުމެދު އަދި އިނގުރަކީ ރަހަގަދަ ދިލަ ރަހައެއް ލާ އެއްޗެއްސެވެ. މިފަދަ ތަކެތި ރޮލާ ކެއުމުން އަނގައި ތެރޭގައި ނުބައި ވަސް ހަރުލުމުގެ އިތުރުން އެވަސް ވަރަށް ގިނައިރު ތަކެއް ވަންދެން އަނގައިގާ ހަރުލާފައިވެސް ހުރެއެވެ.

- ކޮފީ ބުއިމަށްފަހު ފެން ނުބޮއެ ހުރުން
ކޮފީ އަކީ ގިނަ މީހުންނަށް އެންމެ ކަމުދާ ބުއިން ކަމުގައިވާއިރު، ކޮފީ (ޙާއްސަކޮށް ކަޅު ކޮފީ) ބޮއެފައި ފެން ފޮދެއް ނުބުއިމަކީ ވެސް ގިނަ މީހުން ކުރާ ކަމެކެވެ. ސިނގިރޭޓެކޭ އެއްފަދައިން އޮފީ ނވަތަ ކެފެއިން އަކީ ވެސް އަނގައި އެތެރެ ހިއްކާލާ ކުޅު އުފެއްދުން މަދު ކޮށްލާ އެއްޗެކެވެ. އަނގައިން ނުބައިވަސް ދުވުން ކެނޑުވުމަށްތަކައި ކޮފީ ބުއިމަށްފަހު ފެންފޮދެއް ބޯލުމަކީ ބުއްދިވެރި ކަމެއް ކަމުގއި ކަމާއިބެހޭ މާހިރުން އިރުޝާދު ދެއްވައެވެ.

- ރޯގާ ޖެހުމާއި ސައިނަސް މައްސަލަ ހުރުން
ރޯގާ ޖެހުމުން ނާއި ސައިނަސް މައްސަލަ ޖެހުމުން އަނގައިން ނުބައި ވަސް ދުވަން ފެށުމަކީ ވަރަށް ވެސް އާއްމު ކަމެކެވެ. ރޯގަ ޖެހުމުން ނުވަތަަ ސައިނަސް ޖެހުމުން އަނގައިން ނުބައިވަސް ދުވާނަމަ ވީހާވެސް ގިނައިން ކަރުތެރެ ދޮއުން ބުއްދިވެރިއެވެ.
މިއަދު އޮންލައިން