ދަންވަރު ހޭލެވިއްޖިއްޔާ ދެން ނުނިދޭތަ؟ މިއޮތީ ތިކަމަށް ހައްލެއް!

ކިޔުމަށް ހޭދަވާނީ 1މ 42ސ
ދަންވަރު ހޭލެވިއްޖިއްޔާ ދެން ނުނިދޭތަ؟ މިއޮތީ ތިކަމަށް ހައްލެއް!
ގިނަ މީހުންނަކީ ދަންވަރު ގަޑީގައި ހޭލާއުޅޭ މީހުންނެވެ. ނުވަތަ އަވަހަށް ނިދުންކަމުގައި ވިޔަސް ދަންވަރު ހޭލެވިއްޖިއްޔާ އަލުން ދެން ފަސޭހައިން ނުނިދޭ މީހުންނެވެ.

ހެނދުނު އަވަހަށް ތެދުވަން ޖެހޭތީ، މިވެނި އިރަކު ނިދައިފިއްޔާ އެހާއިރުވާއިރު މިވެނި ވަރަކަށް ހުންނާނީ ނިދި ލިބިފައޭ ބުނި ކަމުގައި ވިޔަސް، ފަތިސް ވާއިރުވެސް މިފަދަ މީހުންނަށް ނުނިދެއެވެ. އެއީ ކީއްވެ ކަމެއްވެސް ގިނަ ފަހަރަށް ނޭނގެއެވެ.

ނަމަވެސް މިކަމަށް ހައްލެއް މިވަނީ ހޯދިފައެވެ. އިންސޮމްނިއާ ސްޕެޝަލިސްޓް ޑރ. ވެންޑީ ޓްރޮކްސެލް ބުނެފައިވަނީ ރޭގަނޑު ގަޑީގައި އަަވަހަށް ނިދަން ބޭނުން ކަމުގައިވާ ނަމަ އެންމެ ފުރަތަމަ ޖެހޭނީ ތިމާގެ ސިކުނޑި އެކަމަށް ޓްރެއިން ކުރަން ކަމަށެވެ.

"ސިކުނޑިއަށް ވިސްނާދޭން އެބަޖެހޭ އެނދަކީ ނިދާ އަރާމުކުރަން ހުރި އެއްޗެއްކަން. އެއީ ވިސްނާ ފިކުރުކުރަން އޮންނަ ތަކެއް ނޫންކަން" ބަރޑީ މެގަޒިންއަށް ދިން އިންޓަރވިއު އެއްގައި ޑރ. ވެންޑީ ބުނެފައިވެއެވެ.

ޑރ. ވެންޑީ ބުނެފައިވަނީ އެނދުގައި އޮވެ ނިދަންވީ އޭ ހިތައްއެރުވި ވަރަކަށް ފަސޭހައިން ނުނިދޭނީ ކަމަށެވެ. އެހެންކަމުން އެންމެ މޮޅު ގޮތަކީ، ނުނިދިފައި އޮންނަނަމަ، ތެދުވެ ތަންކޮޅެއް އަލިމަޑު ލައިޓެއްގެ ދަށުގައި ފޮތެއް ކަހަލަ އެއްޗެއް ކިޔާލުން ކަމަށް އޭނާ ބުންޏެވެ. ސިކުނޑި ބިޒީކޮށް ބެހެއްޓުމުން ފަސޭހައިން ނިދޭނެއެވެ.

މީގެ އިތުރުން ޑރ. ވެންޑީ ބުނެފައިވަނީ މިފަދައިން ދަންވަރު ހޭލެވިގެން ނުނިދިފައި އޮންނަ ވަގުތު ފޯނާއި، ޓެބްލެޓް އަދި ލެޕްޓޮޕް ފަދަ ތަކެތި ނުހުޅުވުމަށާއި، އެތަކެއްޗާއި ކުޅެން ނުވަތަ އޭގެން އެއްޗެއް ބަލަން އޮވެއްޖެނަމަ ސިކުނޑިއަށް އިތުރަށް ގެއްލުންވާނެ ކަމެށެވެ. އެތަކެތި ބޭނުން ކުރަން އޮއްވާ ނިދުން ކަމުގައި ވިޔަސް، ހެލެވޭއިރު ބޮލުގައި ވަރަށް ގަދަޔަށް ރިއްސުމުގެ ޗާންސް ވަރަށް ބޮޑު ކަމަށްވެސް ޑރ. ވެންޑީ ބުނެފައިވެއެވެ.

ވީމާ އެންމެ ރަނގަޅު ގޮތަކީ، މީހާގެ ސިކުނޑިއަށް އިތުރު ސްޓްރެސް އެއް ނުލިބޭނެފަދަ ކަންތައް އެގަޑީގައި ކުރުން ކަމަށް އޭނާ ލަފާދެއެވެ.

މިއަދު އޮންލައިން