ތަޅުންގަނޑުގަ އިށީންދެގެން އިނދެ ކެއުމުން ވަރަށް ފައިދާ ލިބޭ

ކިޔުމަށް ހޭދަވާނީ 2މ 51ސ
ތަޅުންގަނޑުގަ އިށީންދެގެން އިނދެ ކެއުމުން ވަރަށް ފައިދާ ލިބޭ
މީގެ އެތަކެއް އަހަރުތަކެއް ކުރިން ގިނަ ގޭގޭގައި، ކައިބޮއެ ހެދުމަށް މުޅިންވެސް އިށީންދެ އުޅުނީ ތަޅުންގަނޑުގައެވެ.

ގޮނޑިއާއި ސޯފާ އަހަރުމެންގެ ތެރޭގައި އެހާ އާއްމުނުވާއިރު، ހުރިހާ ގެއެއްގައިހެން ކާގަޑީގައި އެންމެން ޖަމާވެ އިށީންނަނީ ތަޅުންގަނޑު މަތީގައެވެ.

ދެކުނުގެ ޤައުމުތަކުގައި މިއީ އެހާ އާއްމު ކަމަކަށް ނުވި ނަމަވެސް، އޭޝިއާ ގައި މިއީ ވަރަށް އާއްމުކަމެކެވެ. ނަމަވެސް ޒަމާނާއި އެއްގޮތަށް ގިނަ ބަޔަކު ބަދަލުވެފައިވުމުގެ ސަބަބުން މިހާރު ރާއްޖޭގައި ވެސް ގިނަ ގޭގޭ ގައި މީހުން ކާން އިށީންނަނީ މޭޒު ކައިރީގައި ގޮނޑީގައެވެ.

އިހުޒަމާނުއްސުރެ އާއްމުވި މިއާދަ އަކީ ހަގީގަތުގައި އެކިއެކި ފައިދާތަކެއް ހިމެނިގެންވާ ކަމެކެވެ. ސިއްޙީ މާހިރުން ކޮށްފައިވާ ދިރާސާތަކުން ހާމަވެފައިވަނީ، ތަޅުންގަނޑުގައި އިށީންދެގެން އިނދެ ކެއުމުން:

- ޔޯގާ ހަދާއިރު އިންނަންވީ ގޮތްތައް ދަސްވޭ

ޔޯގާ އަކީ ހަށިގަނޑު ރަނގަޅަށް ބެލެހެއްޓުމަށް ބައެއް މީހުން ކޮށްއުޅޭ ކަސްރަތެކެވެ. ވަކި ޚާއްސަ ގޮތަކަށް އިށީންދެގެން އިނދެ ކުރާ މިކަސްރަތު ކުރަން ބައެއް މީހުންނަށް ވަރަށް އުނދަގޫވެއެވެ. ސިއްޙަތާއި ބެހޭ މާހިރުން ކުރި ދިރާސާގައި ބުނެފައިވަނީ، ތަޅުންގަނޑުގައި އިށީންދެގެން އިނދެ ކެއުމުން ޔޯގާ ހަދަން ވަރަށް ފަސޭހަ ވާނެ ކަމަށެވެ. އެމީހުން ބުނި ގޮތުގައި، ކާއިރު ދެފައި ވައްކޮށްގެން ބުރަކަށި ސީދާ ކޮށްގެން އިނުމަކީ ވެސް ފާޑެއްގެ ޔޯގާ އެކެވެ.

- ހަޖަމް ކުރަން ފަސޭހަވޭ

ކާބޯތަކެތި ގޮހޮރުގައި ފަސޭހައިން ހަމަމް ނުވުމަކީ ގިނަގުނަ ސިއްޙީ މައްސަލަތައް ކުރިމަތިވާނެ ކަމެކެވެ. ނަމަވެސް ތަޅުންގަނޑުގައި ދެފައި ވައްކޮށްގެން އިނދެ ކާއިރު، ކާއެތިކޮޅު އަނގަޔަށް ލާން ގުދުވާ ކޮންމެ ފަހަރަކު ދަށްބަނޑުގެ މަސްތަކުން ހަޖަމް ކުރަން ޖޫސް އުފައްދައެވެ. އަދި އޭގެ ސަބަބުން އަވަސް ގޮތެއްގައި ކާއެއްޗެހި ހަޖަމް ކޮށްލުވައެވެ.

- ހަށިގަނޑުގައި ވަރުޖައްސާ ހަރަކާތްތެރިވާން ފަސޭހަވޭ

ތަޅުންގަނޑުގައި އިށީންދެގެން އިނުމަކީ ހަށިގަނޑުގައި ބޮޑަށް ވަރުޖެހި އަދި އެކި ކަހަލަ ހަރަކާތްތައް ވެސް ކުރަން އުޅުމުގައި ވަރަށް ފަސޭހަކޮށްދޭ ކަމެކެވެ. މިފަދައިން އިށީންދެގެން އިނުމުން ކަކުލާއި އުނަގަނޑު އަދި ފުންނާބަށް ވެސް ފަސޭހަތަކެއް ވެއެވެ. އަދި މައިބަދައިން ކޮނޑަށް އަދި މޭކަށިތަކުގައި ވަރުޖެހުމުގެ ސަބަބުން އެކި ހަރަކާތްތައް އަވަހަށް ފަސޭހައިން ކުރުމަށް ވެސް އެހީތެރިވެދެއެވެ.

- ފަސޭހައިން ލޭ ދައުރު ކޮށްދޭ

ކާއިރު ތަޅުނގަޑުގައި ދެފައި ވައްކޮށްގެން އިށީނުމަކީ، ހިތުން ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ފަސޭހައިން ލޭ ދައުރު ކޮށްދޭ ކަމެކެވެ. ތަޅުންގަނޑުގައި އިށީންދެގެން އިނދެ ކެއުމުން، ކާއިރު އިތުރު ޕްރެޝަރ ހިތައް ނުލިބި، ހިތުގެ ސިއްޙަތުވެސް ރަނގަޅު ކޮށްދެއެވެ.

- އާއިލީ ގުޅުން ބޮޑަށް ދަމަހައްޓާ

މިއީ އާދަޔާ ޚިލާފު ކަމެއް ނަމަވެސް ވަރަށް ފައިދާ ހުރި ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި، އާއިލާ އެންމެން އެއްކޮށް ތަޅުންގަނޑު މަތީގައި އިށީންދެގެން އިނދެ ކާއިރު އާއިލީ ގުޅުން ބޮޑުވެ ބޮޑަށް ދަމަހައްޓައެވެ. އެންމެން އެއްކޮށް ކާން އިނދެ ދިރިއުޅުމުގެ ވާހަކަތައް ދައްކާ، އެކިއެކި ހިޔާލު ކަންކަމުގައި ހޯދަން ވަރަށް ބޮޑަށް ފަސޭހަވާ ކަމެއްގެ ގޮތުގައި، ތަޅުންގަނޑުގައި އިށީންދެގެން އިނދެ ކެއުން ވެއެވެ.

ހުސްތަޅުންގަނޑުގައި އިށީންނަން އުނދަގޫވާ މީހުންވެސް އުޅެއެވެ. އެފަދަ މީހުން ކާޕެޓެއް ނުވަތަ ބާލީހެއް ނުވަތަ ކަފަ ގަނޑެއްފަދަ އެއްޗެހީގައި އިށީންދެއެވެ. މިފަދަ ކޮންމެ އެއްޗެއްގެ މަތީގައި އިށީންކަމުގައި ވިޔަސް ތަޅުންގަނޑުގައި އިށީންނަނަމަ މިހުރިހާ ފައިދާތަކެއް ވެސް ލިބޭނެ ކަމަށް ކަމާއި ބެހޭ މާހިރުން ބުނެއެވެ.

މިއަދު އޮންލައިން