މާބައިދޫއަށް އައި ދޯންޏެއް ބަލައިފާސްކޮށް މަސްތުވާތަކެތި ހޯދައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 36ސ
މާބައިދޫއަށް އައި ދޯންޏެއް ބަލައިފާސްކޮށް މަސްތުވާތަކެތި ހޯދައިފި
ލ. މާބައިދޫއަށް އައި ދޯންޏެއް ބަލައިފާސްކޮށް ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ހޯދައިފިއެވެ.

ފުލުހުން ބުނީ މިތަކެތީ ހޯދާފައިވަނީ ލ. މާބައިދޫއަށް އަންނަ ދޯންޏަކުން މަސްތުވާތަކެތި ގެންނަކަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި މިދިޔަ ހުކުރު ދުވަހު ހިންގި އޮޕަރޭޝަނުގައި ކަމަށެވެ.

އެދޯނި ބަލައިފާސްކުރިއިރު އެދޯނި ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބްލެޓް ސައިޒްގެ 46 ރަބަރު ޕެކެޓާއި ޖޫސްޕެޓީ ކޮތަޅެއް ވަނީ ފެނިފައެވެ.

މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންގޮސްފައެއް ނުވާ ކަމަށާއި އަދި މި މައްސަލަ ލ. ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީޤް ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.
މިއަދު އޮންލައިން