ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ރަސްމީ ދަތުރުފުޅެއްގައި ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދުއަށް މިއަދު ވަޑައިގަންނަވައިފިއެވެ.
ނައިބު ރައީސް ރިނބުދުއަށް ފައިބައިވަޑައިގެންނެވުމުން، އެ ރަށު ބަނދަރު ސަރަޙައްދުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ރަށު ކައުންސިލުގެ މެންބަރުންނާއި ގިނަ ޢަދަދެއްގެ ރައްޔިތުންނެވެ.
މި ދަތުރުފުޅުގެ ތެރެއިން، ރިނބުދޫގައި އަލަށް ޢިމާރާތްކޮށްފައިވާ "ބަނދަރުހިޔާ" ރަސްމީގޮތުން ހުޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ޢިމާރާތަކީ ރަށަށް ލަފާފުރާ ފަރާތްތަކަށް އަވިންނާއި ވާރެއިން ހިޔާވެ ތިބެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ރިނބުދޫ ކައުންސިލުގެ އިސްނެންގެވުމަށް ބަނދަރު ސަރަޙައްދުގައި ތަރައްޤީކޮށްފައިވާ 60 މީހުންގެ ޖާގައިގެ ފެރީ ޓާމިނަލެކެވެ.