ރާއްޖޭގެ އަމާންކަން ޤާއިމުކުރަން ފުލުހުން އިތުރު މަސައްކަތްތަކެއް ކުރަނީ

ކިޔުމަށް ހޭދަވާނީ 54ސ
ރާއްޖޭގެ އަމާންކަން ޤާއިމުކުރަން ފުލުހުން އިތުރު މަސައްކަތްތަކެއް ކުރަނީ
ރާއްޖޭގެ އަމާންކަން ޤާއިމުކުރަން ފުލުހުން އިތުރު މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފިއެވެ.

އެ ސަރވިސް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އަމާންކަން ޤާއިމުކުރަން ފުލުހުން އިތުރު މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. ޚާއްޞަކޮށް މާލެ ތެރެ ބެލެހެއްޓުމަށް ކަންތައްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މާލެ އާއިރާއްޖޭގެ އެކި ސަރަހައްދުތަކުގެ ހަމަޖެހުން ނަގާލުމަށް ގަސްދުގައި ބަޔަކުމަސައްކަތްތަކެއް ކުރަން ރާވަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ޤާނޫނާއި ޤަވާޢިދާ ޚިލާފުއެއްވެސް ޢަމަލެއް ހިންގުމަށް ހިތްވަރުދީ އެފަދަ ޢަމަލެއް ރާވާ ނުވަތައެފަދަ ޢަމަލެއް ކުރަން އުޅޭކަމަށް ބެލެވޭ ފަރާތްތަކާއި މެދު ޤާނޫނީ ގޮތުންއަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

މާރާމާރީ އާ ރޭވިގެން ހިންގާ ކުށްތައް ކުރާ މިންވަރު އިތުރުވަމުން އަންނަ ކަމަށާއި މާރާމާރީތައް އިތުރުވެފައިވަނީ ވޭތުވެދިޔަ ދުވަސްތަކުގައި ވަރަށް ބޮޑަށްއެކަން މަދުކުރެވިފައިވަނިކޮށް ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

މިއަދު އޮންލައިން