މާލެތެރެ ބަލަހައްޓަން ކުރިއަށް ގެންދާ އޮޕަރޭޝަނުގަ 8 މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
މާލެތެރެ ބަލަހައްޓަން ކުރިއަށް ގެންދާ އޮޕަރޭޝަނުގަ 8 މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފި
މާލެތެރެ ބަލަހައްތަން ފުލުހުން މިރޭ ކުރިއަށް ގެންދާ އޮޕަރޭޝަންގައި މިހައިތަނަށް 8 މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަސަށް ގެންދިއަ 8 މީހުންނަކީ މިހަރު ކުރިއަށް ގެންދާ އޮޕަރޭޝަނާއި ގުޅޭ ކަންކަމުގައި ފުލުހުންގެ ބެލެމުގެދަށަށް ގެންދެވުނު މީހުން ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނަކީ މާލެތެރޭގައި މާރާމާރީއާއި ވަޅި ހެރުމާއި އެނޫންވެސް ކުށްތައް ކުރުން އިތުރުވެފައިވާތީ އަމަންއަމާންކަން ބެލެހެއްޓުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަމަނުޖެހުން ހިންގަން ބައަކު މަސައްކަތްކުރަމުން ގެންދާ ކަމަށާއި އެފަދަ ކަންކަން ކުރުމުގެ ފުރުޞަތު ނުދޭނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިއަދު އޮންލައިން