ކޮންމެ އަހަރެއްގެވެސް ޖުލައި 13 ވަނަ ދުވަހަކީ ދިވެހި ފުލުހުންނަށް ވަރަށް ޚާއްޞަ ދުވަހެއް: ސީޕީ އަރީފް

ކިޔުމަށް ހޭދަވާނީ 57ސ
ކޮންމެ އަހަރެއްގެވެސް ޖުލައި 13 ވަނަ ދުވަހަކީ ދިވެހި ފުލުހުންނަށް ވަރަށް ޚާއްޞަ ދުވަހެއް: ސީޕީ އަރީފް


ކޮންމެ އަހަރެއްގެވެސް ޖުލައި 13 ވަނަ ދުވަހަކީ ދިވެހި ފުލުހުންނަށް ވަރަށް ޚާއްޞަ ދުވަހެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) އަހްމަދު އަރީފް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ޕޮލިސް މެމޯރިއަލް ޑޭ ފާހަގަ ކުރުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ސީޕީ ވިދާޅުވީ އެއީ ވަރަށް ތާރީޚީ، ވަރަށް އަސަރުހުރި ހަނދާންތަކެއް އައު ކުރެވޭ ދުވަހެއް ކަމަށެވެ. އަދި ފުންކޮށް ވިސްނާލާއިރު މި ހަނދާންތައް މައިގަނޑު 3 ކަތްޕަކަށް ބަހާލެވިދާނެ ކަމަށެވެ.

އެގޮތުން ފުރަތަމަ ކަތްޕަކީ މިފަދަ ކޮންމެ ހާދިޘާއަކާގުޅިފައިވާ ޤުރުބާނީ ކަމަށާއި އޭގެ ސަބަބުން ޢާންމު ރައްޔިތުންގެ މުދަލާއި ފުރާނައަށް ލިބޭ ރައްކާތެރިކަމާއި ޙިމާޔަތް ކަމަށާއި ދެވަނަ ކަތްޕަކީ ފުލުހުންގެ މީހާ އޭނާ އަދާކުރި ޤައުމީ، ދީނީ ވާޖިބު ކަމަށެވެ. އަދި ތިންވަނަ ކަތްޕަކީ ޤާނޫނު މުގުރާ ބައެއް ފަރާތްތަކުގެ ނަހަމަ ޢަމަލުތަކުގެ ސަބަބުން ނުކުންނަ ހިތްދަތި ނަތީޖާ ކަމަށެވެ.

"ޕޮލިސް މެމޯރިއަލް ޑޭގެ ހަނދާންތައް ޖަމާވެފައިވަނީ މި ތިން އަސްލުގެ މައްޗަށް" ކަމަށްވެސް ސީޕީ އަރީފް ވިދާޅުވިއެވެ.



މިއަދު އޮންލައިން