ދިވެހި ފުލުހުންގެ ހިތްވަރާއި ކެރުމާއި ޢަޒުމުގެ މައްޗަށް ފަޚުރުވެރިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 14ސ
ދިވެހި ފުލުހުންގެ ހިތްވަރާއި ކެރުމާއި ޢަޒުމުގެ މައްޗަށް ފަޚުރުވެރިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވެއްޖެ

ދިވެހި ފުލުހުންގެ ހިތްވަރާއި ކެރުމާއި ޢަޒުމުގެ މައްޗަށް ފަޚުރުވެރިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް ވިދާޅުވެއްޖެއެވެ.

ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ދިވެހި ފުލުހުންގެ ހިތްމަތާއި މަސައްކަތުގެ ޤާބިލުކަމުގެ މައްޗަށް އުފާކުރައްވާ ކަމަށެވެ. އަދި ދިވެހި ފުލުހުންނަށް ޤަސްދުގައި ގެއްލުންދޭ ފަރާތްތަކާއި އެފަރާތްތަކުގެ ޢަމަލުތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.

މިފަދަ މައްސަލަތައް އަވަސްކޮށްދެއްވާ މިފަދަ ފަރާތްތަކަށް ޤާނޫނުގައިވާ އެންމެހަރުކަށި އަދަބު އެފަރާތްތަކަށް ކަނޑައަޅުއްވައިދެއްވުމަށް އަރީފް ވަނީ ކޯޓުތަކަށް ގޮވާލައްވާފައެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ޝަހީދުވި ފުލުހުންގެ ޢާއިލާތަކުގެ މަތިން އަބަދުވެސް ހަނދާންކުރައްވާނެ ކަމަށާއި އިނާޔަތާއި ވެލްފެއަރގެ ހުރިހާކަމެއް ވަރަށްގާތުން ބައްލަވަމުން ގެންދަވާނެ ކަމަށެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން ސީޕީ އަރީފް ވިދާޅުވީ ފުލުހުންގެ ވާޖިބަކީ ޤާނޫނު ނެގެހެއްޓުމާއި މުޖުތަމަޢު އަމާންކުރުން ކަމަށާއި ފުލުހުންގެ ޚަޞީލަތަކީ ރައްޔިތުންނަށް އެހހީތެރިވުމާއި މަދަދުވެރިވުމާއި މާތްވެގެންވާ އިސްލާމްދީނުގެ އަޚްލާޤުން ޒީނަތްތެރިވުން ކަމަށެވެ. އަދި އަޅުކަންކުރުމާއި މުޢާމަލާތް ކުރުމުގައި ނަމޫނާ ބަޔަކަށްވުން ކަމަށާއި އެދެވޭ ނަތީޖާއަކީ ދެފަރާތުންވެސް ހިނިތުންވުން ލިބުން ކަމަށެވެ.

އޭނާގެ ވާހަކައިގާ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފުލުހުންގެ ވާޖިބުއަދާކުރާ އެންމެހާ ފަރާތްތަކަށް ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ޝުކުރުއަދާކުރައްވާފައެވެ.


މިއަދު އޮންލައިން