ސިޔާސީ ޕާޓީތަކުން މާދަމާ މާލޭގައި ބާއްވާ އެއްވުމަކީ ޤައުރުޤާނޫނީ އެއްވުމެއް ކަމަށް ފުލުހުން ބުނެފިއެވެ.
އިސްކަންދަރު ކޮށީގައި ބޭއްވި ޕްރެސް ކޮންފެރެންސެއްގައި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީގުޅިފައިވާ ސިޔާސީ ޕާޓީތަކުން މާދަމާ މާލޭގައި ބާއްވާ އެއްވުމަކީ ޤާނޫނާޚިލާފު އެއްވުމެއް ކަމަށާއި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ޤާނޫނާއި އެ ޤަނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދާ ޚިލާފަށް އެއްވެސް އެއްވުމެއް ބޭއްވުމުގެ ފުރުޞަތު ފުލުހުން ނުދޭނެކަމަށެވެ.
"އިދިކޮޅުފަރާތްތަކުން މާދަމާ މާލޭގައި ބާއްވަން އުޅޭ އެއްވުމަކީ ގާނޫނަކުންބާރުލިބިގެން ބާއްވާ އެއްވުމެއް ނޫން. އެ އެއްވުމުގައިބައިވެރިވުމަކީ ޣައިރު ގާނޫނީ އަމަލެއް" ޝިފާން ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އިދިކޮޅު ޕާޓީތަކުން މާދަމާ ބާއްވަން ނިންމާފައިވާ އެއްވުމަކީ އެޕާޓީތަކުގެ ލީޑަރުންގެވިސްނުމާއި އެއްގޮތައް ރާވާ، ބާއްވަން ތައްޔާރުވާ އެއްވުމެއް ކަމަށެވެ. އަދި އެކަންވަނީ މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް މީގެ ކުރިން އެތަކެއްފަހަރު ހާމަކޮށްފައި ކަމަށާއި މިއެއްވުމުގެ ޒިންމާ އިދިކޮޅު ސިޔާސީޕާޓީތަކުގެ ލީޑަރުން އުފުލަން ޖެހޭނެ ކަމަށެވެ.
ޝިފާން ވިދާޅުވީ އެއްވުން ބާއްވާނެކަމަށް ގުޅިފައިވާ ސިޔާސީ ޕާޓިތަކުން އިޢުލާންކޮށްފައިވާ ސަރަހައްދަކީ މާލޭގެ ޓްރެފިކް ބާރުބޮޑު އަދި ދައުލަތުގެ މުހިންމު މުއައްސަސާތަކާއި ސްކޫލު އަދި ހޮސްޕިޓަލްވެސް ހިމެނޭ ސަރަހައްދެއްކަމަށްވުމުން އެ ސަރަހައްދުގެ ޓްރެފިކަށާއި އެސަރަހައްދުގައި ދިރިއުޅޭ މީހުންގެ ޒާތީދިރިއުޅުމަށް ދަތިވާގޮތަށް އެއްވެސް އެއްވުމެއް ބޭއްވުމަށް ފުރުޞަތު ނުދޭނެ ކަމަށެވެ.