މާލޭގައި މިދިޔަ ހަފުތާގައި ހިންގި މާރާމާރީއަކާއި ގުޅިގެން 6 މީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 58ސ
މާލޭގައި މިދިޔަ ހަފުތާގައި ހިންގި މާރާމާރީއަކާއި ގުޅިގެން 6 މީހަކު ހައްޔަރުކޮށްފި
މާލޭގައި މިދިޔަ ހަފުތާގައި ހިންގި މާރާމާރީއަކާއި ގުޅިގެން 6 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މާލޭގެ އެލްސިއޯން ބޭކަރީ ކައިރީގައި މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ ހިންގި މާރާމާރީއަކާ ގުޅިގެން 6 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ ޢުމުރުން 17 އަހަރާއި 21 އަހަރާއި ދެމެދުގެ 6 ފިރިހެނުން ކަމަށެވެ.

އެމީހުންނަކީ އެ މާރާމާރީގައި ޢަމަލީގޮތުންބައިވެރިވި މީހުން ކަމަށާއި އެކަށީގެންވާ ހެއްކާއި ޤަރީނާ ލިބިފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫނާސިރައްދޫގޭ މުނާޒު މުހައްމަދު (21އ) އާއި ހއ. މޮޅަދޫ ބަހާރުގޭ ސިރުފާންއިބްރާހިމް (20އ) އާއި ވ. ބުލޫނިޔާއާގޭ މޫސާ އިބްރާހިމް (21އ) އާއި ސ. ހިތަދޫލުހާއު އިބްރާހިމް އަރީހް އަހުމަދު (20އ) އާއި ނ. މިލަދޫ ކާނޭޝަންމާގޭއަބޫބަކުރު ފާރިއު (20އ) އާއި ޢުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެކެވެ.

ޢުމުރުން 18 އަހަރުގެ ޒުވާނެއްގެ ހަށިގަނޑުގެ8 ތަނަކަށް ހަމަލާދިންމައްސަލައިގާ މިމީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އަންގާރަދުވަހާ ހަމައަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ.
މި މާރާމާރީގައި އަނިޔާވި ޒުވާނާއަށް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.
މިއަދު އޮންލައިން