ޢާންމު ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނާމެދު ނަފްރަތު އުފެދޭގޮތަށް މަސައްކަތް ނުކުރުމަށް ފުލުހުން އަންގައިފި

ކިޔުމަށް ހޭދަވާނީ 56ސ
ޢާންމު ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނާމެދު ނަފްރަތު އުފެދޭގޮތަށް މަސައްކަތް ނުކުރުމަށް ފުލުހުން އަންގައިފި
ޢާންމު ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނާމެދު ނަފްރަތު އުފެދޭގޮތަށް މަސައްކަތް ނުކުރުމަށް ފުލުހުން އަންގައިފިއެވެ.

ފުލުހުން މިރޭ ޢާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ މިހާރަކަށް އައިސް ވަކިވަކި ފުލުހުންގެ ފޮޓޯ އާއި ފުލުހުންގެ ޢާއިލާތަކުގެ މެމްބަރުންގެ ފޮޓޯ އާއި ވަކިވަކި ފުލުހުންގެ ޒާތީ ބައެއް މަޢުލޫމާތުތައް ސޯޝަލްމީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ހާމަކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ވަކިވަކި ފުލުހުންނަށް އިންޒާރުދީ ފުލުހުންނާމެދު ރައްޔިތުންގެ ހިތްތަކުގައި ރުޅިވެރިކަމާއި ނަފްރަތު އުފައްދާ ފުލުހުންނަށް އަނިޔާވެރިވުމަށް ހިތްވަރުލިބޭގޮތަށް ކުރަމުންދާ މަސައްކަތްތައް އެގޮތަށް ނުކުރުމަށް އަންގާ ކަމަށެވެ.

ހަމަމިއާއެކު ފުލުހުންގެ ނަމުގައި ޙަޤީޤަތާއި ޚިލާފު ވާހަކަތައް ފެތުރުމާއި ފުލުހުންގެ މުއައްސަސާގެ އިޙްތިރާމް ގެއްލުވާލުމަށާއި އެކަންކަމަށް ހިތްވަރުލިބޭގޮތަށް ބައެއް ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށްވެސް އަންގާ ކަމަށާއި މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.
މިއަދު އޮންލައިން