ދެމައްސަލައެއްގައި ތިން މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފި

ކިޔުމަށް ހޭދަވާނީ 54ސ
ދެމައްސަލައެއްގައި ތިން މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފި
ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޓިވް ޑިޕާޓްމެންޓުން ތަހުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާއި އަދި އެހެން މައްސަލައަކާއި ގުޅިގެން ތިން މީހަކު ހޯދަން އިއުލާން ކޮށްފިއެވެ.

އެގޮތުން ވައްކަމުގެ މައްސަލައާއި ގުޅިގެން ހޯދަމުންދާ މީހާ ހޯދަމުން ދަނީ 15 ޖުލައި 2017 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭ ޖަލު އާސަހަރާވީ ފަޅީގައި ޕާކްކޮށްފައިހުރި ސައިކަލުތަކުގެ މަޑިދަށުން ވައްކަން ކޮށްފައިވާ ކަމުގެ މައްސަލައާއި ގުޅިގެންނެވެ.



މީގެއިތުރުން ފުލުހުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ދެމީހަކު ހޯދަންވެސް ވަނީ އިއުލާން ކޮށްފައެވެ.

އެދެމީހުން ހޯދުމަށް އިއުލާން ކޮށްފައިވަނީ 22 ޖުލައި 2017 ވަނަ ދުވަހުގެ ވަގުތެއްގައި ފިހާރައަކަަށް 50 ޑޮލަރު ވިއްކާފައިވާ މައްސަލައަކާއި ގުޅިގެންނެވެ.



ވީމާ މިތިން މީހުންނާއި ބެހޭ އެއްވެސް މަޢުލޫމާތެއް އެނގިފައިވާނަމަ ލަސްނުކުރައްވާ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނަންބަރު ފޯނާއި ގުޅުއްވާ ނުވަތަ ޖެނެރަލް އިންވެސްޓިގޭޓިވް ޑިޕާޓްމެންޓްގެ ނަންބަރު 9631696 އާއި ގުޅުއްވާ މަޢުލޫމާތު ހިއްސާ ކުރެއްވުމަށް ފުލުހުން އެދިލައްވައެވެ.
މިއަދު އޮންލައިން