މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ފިރިހެނަކާއި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖެކެވެ. މި ދެމީހުންވެސް ފުލުހުންގެ ބެލުމުގެ ދަށަށްގެންގޮސް ފައިވަނީ ހުޅުމާލެ “ސަނީ ސޫޓް” ފްލެޓް ސަރަޙައްދުގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމުގެ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާއި ގުޅިގެން އޮގަސްޓް މަހުގެ 20 ވަނަ ދުވަހުގެ ވަގުތެއްގައެވެ.
މި އޮޕަރޭޝަނުގައި ފުލުހުން އެސަރަޙައްދަށް ދިޔުމުން އެދެމީހުން ވަނީ ފުލުހުންނަށް ފިލަން މަސައްކަތްކޮށްފައެވެ. އަދި އެެދެމީހުން ހުއްޓުވައި ބަލައިފާސްކުރިއިރު އެދެމީހުން ތިބި ސަރަޙައްދުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 7 ރަބަރު ޕެކެޓް ފެނިފައިވެއެވެ.
މިމައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
ޙަބަރު ޕޮލިސް