ކުޅުދުއްފުށީގައި މިހާރު ކުރިއަށްދާ ރައްކާ ރޯޑް ޝޯވގެ ހަރަކާތްތަކުގެ ތެރެއިން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ގޮތުން އެލައިޑް އިންސިއުރަންސާއި ފުލުހުން ގުޅިގެން ހދ.ކުޅުދުއްފުށި ޖަލާލުއްދީން ސުކޫލުގެ ބެލެނިވެރިންނަށް މައުލޫމާތު ދިިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
އިއްޔެ ހަވީރު އަފީފުއްދީން ސްކޫލުގެ ހޯލުގައި ކުރިއަށްދިޔަ މި ސެސަނުގައި ރައްކަތެރިކަމާއެކު މަގުތައް ބޭނުންކުރުމުގައި އަމަލުކުރަންޖެހޭ ގޮތްތަކާއި އާންމުކޮށް މަގުމަތީގައި ހިނގާ އެކްސިޑެންޓްތަކާއި އެކްސިޑެންޓް ތަކުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކާ ބެހޭގޮތުން މައުލޫމާތުދީ ބެލެނިވެރިން ހޭލުންތެރިކޮށްފައިވެއެވެ. އަދި މަގުމަތީގައި ހިނގާ ޓްރެފިކް ކުށްތަކާއި މަގު ބޭނުންކުރާ މީހުންނަށް ހެދޭ ގޯސްތަކުގެ ސަބަބުން ކުރިމަތިވެފައިވާ ހިތާމަވެރި ހާދިސާތަކާއި އެކަންކަމުގެ ސަބަބުން އާއިލާތަކާއި އާންމު ފަރުދުންގެ މުދަލާއި ތަކެއްޗަށް ލިބިފައިވާ ގެއްލުންތަކާއި ބައެއް ކަހަލަ އެކްސިޑެންޓް ތަކުގައި މަރުވެފައިވާ މީހުންގެ އާއިލާތަކުން ކުރަމުންދާ ހިތަމާޔާއި އުދާސްތައް ބެލެނިވެރިންނާ ހިއްސާ ކޮށްފައިވެއެވެ.
މީގެއިތުރުން ބެލެނިވެރިންނާއި ބެލެހެއްޓުންތެރިންނާއި އަދި ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންވެސް އެންމެންނަށް ފަސޭހަވާނެ ގޮތަކަށް މަގުބޭނުން ކުރަންވާނެ ކަމާއި މަގުމަތީގައި ހިނގާފަނެ ނުރައްކާތެރި ހާދިސާއަކަށް އަބަދުވެސް ތައްޔާރަށް ތިބުމުގެ މުހިންމުކަމާއި ޤާނޫނާއި ޤަވައިދުތަކަށް ބޯލަނބާ ޖީލެއް އުފަންވުމުގައި ދަރިންނާއި ދަރިވަރުންނަށް އަބަދުވެސް ނަމޫނާއަކަށް ވާންޖެހޭނީ ބެލެނިވެރިންކަމަށްވީތީ މައިންބަފައިންގެ ފަރާތުން ޤާނޫނާއި ޤަވައިދަށް ހުރުމަތްތެރިކޮށް ހިތާތަން ފެނުމުން އެދަރިވަރުންނާއި ދަރިންވެސް ޤާނޫނާ އެއްގޮތަކަށް އަމަލުކުރާނެކަން ބެލެނިވެރިންނަށް ހަނދާންކޮށްދީފައިވެއެވެ.
މި ސެޝަނުގައި ޖަލާލުއްދީން ސްކޫލުގެ 44 ބެލެނިވެރިއަކު ބައިވެރިވެފަައިވާއިރު މި ސެޝަންގައި މަޢޫލޫމާތު ދީފައިވަނީ އެލައިޑް އިންސިއުރަންސްގެ މުވައްޒަފުންނާއި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ފުލުހުންނެވެ.
ޙަބަރު ޕޮލިސް