މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް މަޢުލޫމާތު ދީފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް މަޢުލޫމާތު ދީފި
ހދ. ކުޅުދުއްފުށީގައި މިހާރު ކުރިއަށްދާ ރައްކާ ރޯޑް ޝޯވގެ ހަރަކާތްތަކުގެ ތެރެއިން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ގޮތުން ހދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެސެމްބުލީގައި ފުލުހުން މަޢުލޫމާތު ދީފިއެވެ.

މިމަހުގެ 22 ވަނަދުވަހުގެ ހދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ މެންދުރުފަހު ދަންފަޅީގެ އެސެމްބުލީގައި ކުރިއަށް ގެންދިޔަ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި މަގުމަތީގައި ހިނގާ ބިނގާވެ އުޅޭއިރު ސަމާލުކަން ދޭންޖެހޭ ކަންކަމާއި މަގު ހިނގާއިރު ދުވާރު ބޭނުންކުރުމަށާއި އެއްތަނުން އަނެއްތަނަށް ދިއުމުގައި ބޮޑުމީހެއްގެ އެހީތެރިކަމާއެކު ދިއުމަށާއި މަގުމަތީގައި ހިނގާފާނެ އެކްސިޑެންޓްތަކަށް ރައްކާތެރި ވުމުގެ ގޮތުން ދަރިވަރުންގެ ފެންވަރުގައި ކުރެވޭ ކަންކަމާ ބެހޭގޮތުންނެވެ.

މި އެސެމްބުލީގައި ހދ.އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 4 ން ދަށުގެ 150 ވަރަކަށް ދަރިވަރުން ބައިވެރިވެފައިވާއިރު ރައްކާ ރޯޑް ޝޯވގެ ހަރަކާތްތަކުގެ ތެރެއިން ހެނދު ދަންފަޅީގެ ދަރިވަރުންގެ އެސެމްބުލީގައިވެސް ފުލުހުންދަނީ އެކިދުވަސްމަތިން ބަހާލައިގެން މައުލޫމާތު ފޯރުކޮށްދުމުންނެވެ. މި ގޮތުން ކުޅުދުއްފުށި އަފީފުއްދީން ސްކޫލާއި ޖަލާލުއްދީން ސްކޫލުގެ އެސެމްބުލީގައިވެސް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭގޮތުން ދަރިވަރުންނަށް މުހިންމު މައުލޫމާތު ފޯރުކޮށްދީފައިވެއެވެ.

މި އެސެމްބުލީތަކުގައި މައުލޫމާތު ދީފައިވަނީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ފުލުހުންނެވެ.

ޙަބަރު ޕޮލިސް
މިއަދު އޮންލައިން