ފުލުހަކު ޔުނިފޯމް ނާޅާ ހުރެ މީހަކު ހައްޔަރު ކުރުމުން، އެމީހާ ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި

ކިޔުމަށް ހޭދަވާނީ 43ސ
ފުލުހަކު ޔުނިފޯމް ނާޅާ ހުރެ މީހަކު ހައްޔަރު ކުރުމުން، އެމީހާ ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި
ފުލުހަކު ޔުނިފޯމް ނާޅާ ހުރެ މީހަކު ހައްޔަރު ކުރުމުން، އެމީހާދޫކޮށްލަން ކްރިމިނަލް ކޯޓުންމިދިޔަ ހުކުރު ދުވަހު އަމުރު ކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެމީހާ ހައްޔަރު ކުރީ މަސްތުވާތަކެތި ބޭނުން ކުރުމާއި އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައެވެ. ނަމަވެސް އެމީހާ ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރީ ޖިނާއީ އިޖްރާއަތުގެ ޤާނޫނުގެ 40 ވަނަ މާއްދާގެ ރ. އާއި ޚިލާފަށް އެމީހާ ހައްޔަރު ކުރުމުން ކަމަށް ކްރިމިނަލް ކޯޓުގެ ނިންމުމުގައިވެއެވެ.

ރާއްޖޭގެ ޖިނާއީ އިޖްރާއަތުގެ ޤާނޫނުގެ 40 ވަނަ މާއްދާގެ ރ. ގައި ބުނެފައިވަނީ މީހަކު ހައްޔަރު ކުރެވޭނީ ޔުނިފޯމް އަޅައިގެން ހުރި ފުލުހަކަށް ކަމަށާއި، އެފުލުހަކީ ސަބް އިންސްޕެކްޓާ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ ފުލުހެއްގެ ހުއްދަ ލިބިފައިވާ ފުލުހަކަށް ވެސް ވާންޖެހޭނެ ކަމަށެވެ.
މިއަދު އޮންލައިން