ދުޅަހެޔޮ މުޖްްތަމަޢަކަށް ކަސްރަތު" ގެ ނަމުގައި ޕްރޮގްރާމް ކ. މާފށީގައި ފަށިގެން ކުރިއަށް އެބަގެންދެއެވެ".
ސެޕްޓެންބަރު މަހުގެ 9 އިން 23 އަށް ކުރިއަށް ގެންދާ މި ކަސްރަތު ޕްރޮގްރާމަކީ ކ . މާފުށި ޕޮލިސް ސްޓޭޝަނާއި، އެރަށުގެ އެހެނިހެން މުއައްސަސާތައް ގުޅިގެން އެރަށުގެ ހުރިހާ އުމުރުފުރައެއްގެ ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގާ އެކުއަޓިކް ކަސްރަތު ޕްރޮގްރާމެކެވެ.މި ޕްރޮގްރާމްގައި ކ. މާފުށީގެ އެކި އުމުރުފުރާއިން ޖުމްލަ 115 ފަރާތަކުން ވަނީ ބައިވެރި ވެފައެވެ.
މި ޕްރޮގްރާމްގެ ބޭނުމަކީ، މާފުށީގެ ރައްޔިތުންނަކީ، ފިޒިކަލް ފިޓްނެސް ރަނގަޅު، ދުޅަހެޔޮ ބަޔަކަށް ހެދުމުގެ އިތުރުން، މުޖްތަމައުގައި ހިނގާ މައްސަލަތަކާ ގުޅޭގޮތުން ވާހަކަދައްކައި، އެފަދަ މައްސަލަތަކަށް ޙައްލު ހޯދާނެގޮތްތަކާމެދު މަޝްވަރާކޮށް، އަމާން މުޖުތަމަޢެއް ޤާއިމްކުރުމުގައި ފުލުހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ރޫޙު ރައްޔިތުންގެ ކިބައިގައި އުފެއްދުމެވެ.