ކ. ގުރައިދޫ ގެއަކުން ވަގަށް ނަގާފައިވާ ދެ ފޯނެއް ހޯދައި މީހަކު ހައްޔަރުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
ކ. ގުރައިދޫ ގެއަކުން ވަގަށް ނަގާފައިވާ ދެ ފޯނެއް ހޯދައި މީހަކު ހައްޔަރުކޮށްފި
ކ. ގުރައިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ގުރައިދޫ ގެއަކުން ވަގަށް ނަގާފައިވާ ދެ ފޯނެއް ފުލުހުން ހޯދައި، ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 22 ވަނަ ދުވަހުގެރޭ ކ. ގުރައިދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ވައްކަމުގެ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 23 ވަނަ ދުވަހުގެ 11:00 ހާއިރުއެވެ.

ވަގަށް ނަގާފައިވާ ދެ ފޯނު ފެނިފައިވަނީ ކ. ގުރައިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި، ހައްޔަރުކޮށްފައިވާ މީހާ ދިރިއުޅޭ ގެއާ ކައިރީގައި ހުރި ފަޅުގެއެއް ބަލައިފާސްކުރިއިރު އެގޭ ތެރެއިންނެވެ.
މި ދެފޯނު މިހާރުވަނީ އޭގެ ވެރިފަރާތާ ޙަވާލުކޮށްފައެވެ. އަދި މި މައްސަލަ ކ. ގުރައިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންއެވެ .

ޙަބަރު ޕޮލިސް
މިއަދު އޮންލައިން