ކެލާ ޕޮލިސްސްޓޭޝަނުން އެރަށުގެ ގޭގެއަށް.

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ކެލާ ޕޮލިސްސްޓޭޝަނުން އެރަށުގެ ގޭގެއަށް.
ހއ. ކެލާ ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ކެލާ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން އެރަށުގެ ގޭގެއަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ހއ. ކެލާ ޕޮލިސް ސްޓޭޝަނުން ފެށި މި ޕްރޮގްރާމަކީ ހއ. ކެލާގައި ވައްކަމާއި މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތައް ހުރުމުން އެފަދަ ކަންކަމުން ރައްކާތެރިވެ، ކުށްކުރާ ފަރާތްތަކަށް އެފުރުޞަތުތައް ނުދިނުމަށް އެޅިދާނެ ފިޔަވަޅުތަކާއި، ގެދޮރާއި މުދާ ރައްކާތެރި ކުރުމުގެ ގޮތުން ކުރެވެންހުރި ކަންކަމަށް އަޙުލުވެރިކުރުވައި، ކެލާގެ ރައްޔިތުުން ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ.

ފުލުހުން ބުނެފައިވަނީ މި ހިނގާ ސެޕްޓެމްބަރ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ސިލްސިލާކޮށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ގޭގެއަށް ޒިޔާރަތްކޮށް ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާއި، ވައްކަން ކުރާފަރާތްތަކަށް ފުރުސަތު ނުދިނުމަށް ކުރެވިދާނެ ކަންތައްތަކާއި، އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވާނެކަމަށެވެ. މީގެއިތުރުން ގޭގައި ގެންގުޅޭ އަގުބޮޑު ތަކެއްޗާއި ފައިސާ ރައްކާތެރިކަމާއެކު ބަލަހައްޓާނެ ގޮތާބެހޭގޮތުންވެސް މަޢުލޫމާތު ވަނީ ދީފައިވެއެވެ.

ހއ. ކެލާ ރައްޔިތުންނާއި ފުލުހުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށާއި، ފުލުހުންގެ ޚިދުމަތާމެދު ރައްޔިތުން ދެކޭގޮތާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި ކެލާ ރައްޔިތުންނަކީ ހޭލުންތެރިބަޔަކަށް ހެދުމުގެ ގޮތުން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި މިހާތަނަށް ކެލާގެ ގިނަޢަދަދެއްގެ ގޭގެއަށް ވަނީ ޒިޔާރަތްކޮށްފައެވެ.
މިއަދު އޮންލައިން