އައްޑޫ ސިޓީގެ ހުރިހައި ރަށްތަކަށް އަމާޒުކޮށްގެން ހިންގާ ސިލްސިލާ ޓްރެފިކް އޮޕަރޭޝަން "ދިވިލި މަތަ" ގެ 6 ވަނަ އޮޕަރޭޝަން އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައި ހިންގައިފިއެވެ.
ސެޕްޓެމްބަރ 29 ވަނަ ދުވަހު، އައްޑޫ ސިޓީގައި މަސައްކަތްކުރާ ހުރިހާ ފުލުހުންގެ ބައިވެރިވުމާއެކު އައްޑޫ ސިޓީގެ ފޭދޫ، މަރަދޫފޭދޫ، މަރަދޫ، ހިތަދޫ، މީދޫ އަދި ހުޅުދޫގައި ކުރިއަށް މިގެންދިޔަ ޓްރެފިކް އޮޕަރޭޝަނަކީ، އެއްގަމު ދަތުރުފަތުރުގައި އުޅަނދުތައް ދުއްވަނީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށްތޯ ބެލުމުގެ ގޮތުންނާއި، އުޅަނދުތަކުގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބެލުމާއި، މީގެ އިތުރަށް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ހިންގި އޮޕަރޭޝަނެކެވެ
.އެގޮތުން މި އޮޕަރޭޝަނުގައި އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައި ވެހިކަލް ޗެކްޕޮއިންޓްތައް ޤާއިމްކޮށްގެން، އުޅަނދުތަކުގެ އަހަރީ ފީއާއި އިންޝުއަރެންސްއާއި ރޯޑްވާދިނަސްގ މުއްދަތު ހަމަވެފައިވޭތޯއާއި ސްޓިކާ ހަރުކޮށްފައިހުރިތޯ ބެލުމުގެ އިތުރުން ޓްރެފިކާ ގުޅުންހުރި އެހެން ވައިލޭޝަންތައް ބަލާފަވެއެވެ. މި އޮޕަރޭޝަނުގައި 534 އުޅަނދު ބަލާފާސްކޮށް ޤަވާއިދާ ޚިލާފުވެފައިވާ 9 ފަރާތަކާމެދު ފިޔަވަޅު އަޅާފައިވެއެވެ.
މި އޮޕަރޭޝަން ކުރިއަށްގެންދިއުމުގައި އައްޑޫ ސިޓީގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ވަނީ ލިބިފައެވެ.
ޙަބަރު ޕޮލިސް