މަގުމަތީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން އެޗް.ޑީ.ސީގެ ޑްރައިވަރުންނަށް މައުލޫމާތު ދީފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
މަގުމަތީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން އެޗް.ޑީ.ސީގެ ޑްރައިވަރުންނަށް މައުލޫމާތު ދީފި
ހުޅުމާލޭގައި ހުރި މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ހުޅުމާލެ ޕޮލިސްއިން ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ ސިލްސިލާ ޕްރޮގްރާމުގެ ތެރެއިން ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑްރައިވަރުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަނަކީ ހުޅުމާލޭގައި ހިނގާ އެކްސިޑެންޓްތައް މަދުކޮށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި އެއްގަމު ދަތުރު ފަތުރު ޤާނޫނާ ބެހޭގޮތުން މަޢުލޫމާތުދީ މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ހޭލުންތެރިކުރުމުގެ ގޮތުން ހުޅުމާލެ ޕޮލިސް އިން ކުރިއަށް ގެންދާ ޕްރޮގްރާމުގެ ތެރެއިން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.
ހުޅުމާލެ ކޮމިއުނިކޭޝަން ސެންޓަރުގައި ކުރިއަށް ގެންދިޔަ ސެޝަންގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި، އަލަށް އިސްލާޙް ކުރެވުނު ޤަވާޢިދުތަކާއި ބެހޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. މި ޕްރޮގްރާމްގައި އެޗް.ޑީ.ސީގެ 22 ޑްރައިވަރުން ބައިވެރިވެފައިވެއެވެ.

އެޗްޑީސީގައި މަސައްކަތްކުރާ ޑްރައިވަރުންނަށް ހިންގި މި ސެޝަނަކީ ހުޅުމާލެ ޕޮލިސްއިން ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ ސިލްސިލާ ޕްރޮގްރާމުގެ ތެރެއިން މިއަހަރު ކުރިއަށް ގެންދިޔަ މިފަދަ 7 ވަނަ ސެޝަނެވެ. މި ސެޝަންގައި މަޢުލޫމާތު ދެއްވާފައިވަނީ ހުޅުމާލެ ޕޮލިސްގެ ޓްރެފިކް ޔުނިޓްގައި މަސައްކަތްކުރާ ފުލުހުންނެވެ.

ޙަބަރު ޕޮލިސް
މިއަދު އޮންލައިން