ކޮމިޝަނަރ އޮފް ޕޮލިސްގެ ވާދައިގެ ތަށްޓަށް ކުޅޭވޭ ސީޕީ ކަޕް ބަށިބޯޅަ މުބާރާތް މި އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހު ފެށުމަށްވަނީ ހަމަޖެހިފައެވެ.
ޕޮލިސް ކުލަބުން އިންތިޒާމްކޮށްގެން، ނޭޝަނަލް ބަށިބޯލް އެސޯސިއޭޝަނާ ގުޅިގެން ބާއްވާ މި ބަށި ބޯޅަމުބާރާތަކީ ފުލުހުންގެ މުއައްސަސާގެ ޑައިރެކްޓްރޭޓްތަކާއި، ކޮމާންޑް ތަކާއި، ޑިޕާޓްމަންޓްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.
މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިދިޔަ ހޯމަ ދުވަހު ހަމަވެފައިވާއިރު، މިމުބާރާތުގައި ޖުމްލަ 8 ޓީމަކުން ބައިވެރިވެފައިވެއެވެ. އެޓީމުތަކަކީ ޓީމް ސީއައިސީ އާއި، ފޮރެންސިކް ފްރެންޑްސް އާއި، ޓީމް ކަސްޓޯޑިއަލް އާއި، ޓީމް އެސްއެސްޑީ އާއި، ސީއޯސީ އާއި ޓީމް ސީބީ އާއި، 119 އާއި، އެންއޯސީ، އެސްއޯސީ އަދި ޕީއޭޑީ ކޮމްބައިންއެވެ.
ޕޮލިސް ކުލަބުން އިންތިޒާމްކޮށްގެން ބާއްވާ ބަށިބޯޅަ މުބާރާތަކީ ކޮމިޝަނަރ އޮފް ޕޮލިސްގެ ވާދައިގެ ތަށްޓަށް ކުޅޭ ފުރަތަމަ ބަށި މުބާރާތެވެ. މީގެކުރިންވެސް ޕޮލިސް ކުލަބުން އިންތިޒާމްކޮށްގެން ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކަށް ހުޅުވާލައިގެންވަނީ ޒަމާނީ ބަށިބޯޅަ މުބާރާތެއް ބާއްވާފައެވެ.
ޙަބަރު ޕޮލިސް