ފުވައްމުލަކަށް އެތެރެކުރަން އުޅުނު ގިނަ ޢަދަދެއް މަސްތުވާތަކެއްޗާއެކު ބިދޭސީއަކު ހައްޔަރުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 41ސ
ފުވައްމުލަކަށް އެތެރެކުރަން އުޅުނު ގިނަ ޢަދަދެއް މަސްތުވާތަކެއްޗާއެކު ބިދޭސީއަކު ހައްޔަރުކޮށްފި
ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. ފުވައްމުލަކަށް އަންނަ ބޯޓަކުން މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހު ފުވައްމުލަކު ސިޓީގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނުގައި މިމީހާ ހައްޔަރުކޮށްފައިވަނީ ފުވައްމުލަކަށް އައިތަނުންނެވެ.

އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު އޭނާ ގެންގުޅުނު ދަބަހެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ކޮތަޅު ފެނިފައިވެއެވެ.
މި މައްސަލަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
ޙަބަރު ޕޮލިސް
މިއަދު އޮންލައިން