ސައިކަލު އިންޖީނެއްގެ ވެރިފަރާތް ހޯދަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 41ސ
ސައިކަލު އިންޖީނެއްގެ ވެރިފަރާތް ހޯދަނީ
ފުލުހުން ޓޯވކޮށްފައިވާ ސައިކަލެއްގެ އިންޖީނުގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ސައިކަލް އިންޖީނު ނަންބަރު 5P42003220 ވެރިފަރާތް ހޯދަމުންދަނީ 2017 މެއި 14 ވަނަ ދުވަހު ޓޯވކޮށްފައިވާ ސައިކަލެއްގައި ޖަހާފައިވާ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ކަހާލާފައިވާކަމަށް ތުހުމަތުކުރެވިގެން ސައިކަލްގެ އިންޖީނު ނަންބަރު ހޯދުމަށްކުރި ފޮރެންސިކް ތަޙްލީލުން ސައިކަލުގައި ޖަހާފައިވާ އިންޖީނު ނަންބަރަކީ 5P42003220 ކަމަށްވުމުން އޭގެ ވެރިފަރާތް ހޯދުމުގެ ގޮތުންނެވެ.

ވީމާ 5P42003220 ނަންބަރު އިންޖީނުގެ ވެރިފަރާތުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި، އިންޖީނުގެ ވެރިފަރާތްކަން އިނގޭ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވުމަށް އެދެމެވެ.

ޙަބަރު ޕޮލިސް
މިއަދު އޮންލައިން