އާއިލާއަށް ފިލައިގެން އުޅޭ 17 އަހަރުގެ އަންހެން ކުއްޖަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި
މި އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުގެރޭ 00:20 ހާއިރު އާއިލާއަށް ފިލާފައިވާކަމަށް ފުލުހުންނަށް ރިޕޯޓް ކުރުމާއި ގުޅިގެން ހޯދަން ފަށައިފި އެވެ
ހޯދަމުންދަނީ މއ. އާހިޔާވިލާ، އާމިނަތު ޔާމިނާ (17އ) އެވެ.
މި ކުއްޖާ އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ފުލުހުންގެ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަމްބަރު 3331510 ނުވަތަ 9790163 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެއެވެ