ޅޮހީ ސްކޫލު ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
ޅޮހީ ސްކޫލު ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގައިފި
ނ. މަނަދޫ ޕޮލިސް ސްޓޭޝަނާއި ނ. ޅޮހީ ސްކޫލު ގުޅިގެން އެސްކޫލުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 28 ން ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ޅޮހީ ސްކޫލުގެ ގްރޭޑް 1 ން ފެށިގެން ގްރޭޑް 7 ގައި ތަޢުލީމު ޙާޞިލްކުރާ 69 ދަރިވަރަކު ބައިވެރިވެފައިވެއެވެ.

ޅޮހީ ބަނދަރު ސަރަޙައްދުގައި ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމުގައި މޫދުގައި އުޅޭއިރު ސަމާލުކަން ދޭންވީ ކަންކަމާއި ނޭވާ ގެންގުޅެންވީ ގޮތްތަކާއި ފްލޯޓްކުރާނެ ގޮތާއި ފެތުމުރުގެ ހުނަރުތައް ދަސްކޮށްދީފައިވެއެވެ.
މި ޕްރޮގްރާމުގައި ކުލާސްތައް ކުރިއަށް ގެންގޮސްދީފައިވަނީ މަނަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނެވެ.
މިއަދު އޮންލައިން